ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 01:24
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
tripdesignermaldives.com
އެޗްޕީއޭ
ރިޒޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނީ އެރިޒޯޓެއްގެ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްފަހުން: އެޗްޕީއޭ
 
ރިޒޯޓުތަކަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާހިސާބަށް ދެވޭނެ
 
ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއަރޕޯޓަށް ދެވޭނެ
 
ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިޒޯޓަށް ދެވޭނެ

ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުން އެހެން ރަށަކަށް ދެވެނީ އެރިޒޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އެރިޒޯޓުން ފުރާ ތާރީޚުން ފެށިގެން 14 ދުވަސްފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރިޒޯޓުތަކާއި ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައްއަޅާފައިވާ ކަމަށެވެ. އެގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރިޒޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުން ހުއްޓާލުމާއި، ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓައިލުން ހިމެނެއެވެ. އަދި އެއް ރިޒޯޓުން އަނެއް ރިޒޯޓަށް މީހުން ދަތުރުކުރުން ވެސް ވަނީ އެޗްޕީއޭއިން ހުއްޓުވާފައެވެ.

އެޗްޕީއޭއިން ބުނީ މިހާލަތުގައި ބައެއް ފަރާތްތަކުން އިސްތިސްނާވާ ކަމަށެވެ.

އެއީ ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިޒޯޓަށް ދިއުމާއި، ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުމަށްޓަކައި އެއަރޕޯޓަށް ދިއުން އަދި ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއަރޕޯޓަށްދާ މީހުންނެވެ. އަދި މިފަދަ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ ރިޒޯޓަށް ކަމަށާއި، އެފަދަ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރިޒޯޓުތަކުން ބަލަހައްޓަންޖެހޭ ކަމަށް އެޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރިޒޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިޒޯޓުތަކަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާހިސާބަށް ދިއުމާއި، (މިފަދަ ފަރާތްތައް ރިޒޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތަކަށް ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނޯންނާނެއެވެ. އަދި ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުންވާނަމަ، އެ ރިޒޯޓަށްޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އެ ރިޒޯޓުން ފުރާ ތާރީޚުން ފެށިގެން 14(ސާދަ) ދުވަސް ވެފައިވުން ހިމެނެއެވެ.

މި ހާލަތުގައި ރިޒޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ވަގުތުން އަންގަންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މިއެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް
26 މާރޗް 2020 | ބުރާސްފަތި 12:27
ވާވާ
ބައެއް މީހުންގެ ވަޒީފާ ގެއްލެނީ. މާލޭގެ މަސްހޫރު ފޮޓޯނަގާ އެފް.ޑީ.އައި ގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ވަރަށް ބޮޑު، ޑިއުޓީ ޝެޑިއުލްހަދާ ހަފުތާއަކު 02 ދުވަހު މަސައްކަތްތައް ނުކުންނަންޖެހެނީ. އެނެތް 05 ދުވަހަކީ ނޯޕޭކަމަށް ވަނީ ނިންމާފައި. އެ ދުވަސްތަކަށް މުސާރައެއް ނުލިބޭ. އެހެންކަމަށްވާނަމަ އެ މުވައްޒަފުންނަށް މުސާރަ ލިބޭނީ މަހަކު 08 ދުވަހު އަނެތް 22 ދުވަހު މުސާރައެއް ނުލިބޭ. ދެން ކިހިނެތް ކުލި/ކަރަންޓް/ފެން ބިލް ދައްކަނީ؟ މި ކަހަލަ މުވައްޒަފުންނަށް ސަރުކާރުގެ ޕެކޭޖުގެ ތެރެއިން ހަމަޖެހިދާނެކަމަށް ނޫސްވެރިޔަކު ކޯވިޑް19 ގެ ޕްރެސްގައި ސުވާލުކޮށްލަދީބަލާ؟
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ