ކ. މާލެ
|
25 މާރޗް 2020 | ބުދަ 23:29
ޑަބްލިއުއެޗްއޯ ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
ޑަބްލިއުއެޗްއޯ ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
ގޫގުލް
ކޮވިޑް-19
ވައިރަސް ފެނުނު 150 އަށްވުރެ ގިނަ ޤައުމުގައި ކޭސްތަކުގެ އަދަދު 100 އަށްވުރެވެސް ދަށް، މީ އުއްމީދެއް- ޓެޑްރޯސް
 
ގްލޯބަލް ހިއުމަނިޓޭރިއަން ރެސްޕޮންސް ޕްލޭން ވެސް އިފްތިތާހު ކޮށްފައިވާ
 
ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ
 
އެކަށީގެންވާ ފިޔަވަޅު އަޅައިފިނަމަ ވައިރަސްއިން ރައްކާތެރި ވެވިދާނެ

ކޮވިޑް-19 ފެނިފައިވާ 150 އަށްވުރެ ގިނަ ޤައުމުން ފެނިފައިވާ ކޭސްތަކުގެ އަދަދު 100 އަށްވުރެވެސް ދަށްކަމާއި، އެކަށީގެންވާ ފިޔަވަޅުތަކާއެކު ވައިރަސްއިން ރައްކާތެރިވެވިދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އެދެނޯމް ގެބްރިއޭސިއަސް ވިދާޅުވީ، މިހާތަނަށް ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ތެރެއިން 150 އަށްވުރެ ގިނަ ޤައުމުން ފެނުނު ކޭސްތަކުގެ އަދަދު 100 އަށްވުރެވެސް ދަށް ކަމަށާއި، އެފަދަ ޤައުމުތަކުން އެކަށީގެންވާ ފިޔަވަޅު އަޅައިފިނަމަ ވައިރަސްއިން ރައްކާތެރި ވެވިދާނެ ކަމަށެވެ.

150 އަށްވުރެ ގިނަ ޤައުމުތަކާއި ސަރަޙައްދުތަކުން ފެނުނު ކޭސްތަކުގެ އަދަދު އުޅެނީ 100 އަށްވުރެވެސް ދަށުގައި، މިއިން އަންގައިދެނީ ހަރުކަށި ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅައިފިނަމަ މި ޤައުމުތަކުގައި ވައިރަސް ފެތުރިގެންދިއުން ހުއްޓުވިދާނެކަން، އަދި ބައެއް އެހެން ޤައުމުތަކުން ފެންނަމުންދާ އިޖުތިމާއީ އަދި އިޤްތިސާދީ އަނދަވަޅަކަށް އެ ޤައުމުތައް ވެއްޓިގެން ދިއުމުން ސަލާމަތް ވެވިދާނެކަން
ޑަބްލިއުއެޗްއޯ ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ޓެޑްރޯސް ވިދާޅުވީ، ޚާއްސަކޮށް ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން "ގްލޯބަލް ހިއުމަނިޓޭރިއަން ރެސްޕޮންސް ޕްލޭން" ވެސް އިފްތިތާހު ކޮށްފައިވާއިރު، ޓެޑްރޯސް ވިދާޅުވީ، މި ޕްލޭންގެ ދަށުން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށާއި، ޚާއްސަކޮށް އިންސާނީ ބޮޑެތި ކާރިސާތައް ކުރިމަތިވެފައިވާ ޤައުމުތަކަށް ޚާއްސަ އެއްބާރުލުމެއް ދެވިގެންދާނެ ކަމަށެވެ.

ޓެޑްރޯސް އިތުރަށް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިން އެކުލަވާލެވުނު ފަންޑަށް މިހާތަނަށް 200،000 އަށްވުރެ ގިނަ މީހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، މިހާތަނަށް 95 މިލިއަން އެމެރިކާ ޑޮލަރު ފަންޑަށް ޖަމާވެފައިވާ ކަމަށެވެ. އެގޮތުން ފަންޑަށް ފައިސާ ޖަމާކޮށްދިން ޖަމިއްޔާ ޖަމާއަތްތަކަށްވެސް ޓެޑްރޯސް ވަނީ ޚާއްސަ ޝުކުރެއް ރައްދު ކުރައްވާފައެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި އިތުރަށް ވަނީ މިވަގުތަށް އިސްކަންދޭންވީ 6 ކަމެއްގެ ވާހަކަ ފާހަގަކުރައްވާފައެވެ.

  1. ސިއްޙީ ނިޒާމް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުން
  2. ޝައްކު ކުރެވޭ ކޭސްތައް ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުން
  3. ޓެސްޓު ކުރަން ބޭނުންވާ ކިޓްތައް އުފައްދައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  4. މީހުން އައިސޮލޭޓްކޮށް ފަރުވާދެވޭނެ ގޮތް ހަމަޖައްސައި އެކަންކަން އިތުރަށް ފުޅާކުރުން
  5. މީހުން ކަރަންޓީން ކުރާނެ ގޮތުގެ ރަނގަޅު ޕްލޭނެއް އެކުލަވާލާފައި އޮތުން
  6. މުޅި ސަރުކާރު އެއްކޮށް ކޮވިޑް-19 ހުއްޓުވުމަށް ފޯކަސްކޮށްގެން މަސައްކަތް ކުރުން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
7%
93%
0%
0%
0%
0%
ކޮމެންޓް