ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ކޮވިޑް-19

ކޮވިޑް-19: ރާނީ އެލިޒަބަތު އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފި

  • ރާނީ އެކަހެރިވެވަޑައިގެންނެވީ ދަރިކަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވުުމުން

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ | 25 މާރޗް 2020 | ބުދަ 22:15 | 16,845

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ - އޭބީސީ ނިއުސް

އިނގިރޭސި ވަލީއަހުދު ޗާލްސް ފިލިޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މަންމާފުޅު ރާނީ އެލިޒަބަތު ދެވަނައާއި ބައްޕާފުޅު ޕްރިންސް ފިލިޕް އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފިއެވެ.

ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނަމަވެސް އެމަނިކުފާނުގެ ޙަލު ރަނގަޅު ކަމަށާއި، މިހާރު ހުންނެވީ ސްކޮޓްލޭންޑުގައި އަމިއްލައަށް އެކަހެރިވެވަޑައިގެންކަމަށް ޗާލްސްގެ އޮފީސް ކްލެއަރެންސް ހައުސްއިން އާންމުކުރެއްވި ބަޔާނެއްގައިވެއެވެ. އަދި ޝާހީ ޒިންމާތައްވެސް ނަންގަވަމުން ގެންދަވަނީ ގެކޮޅުގައި ހުންނަވައިގެންކަމަށްވެސް ބަޔާނުގައިވެއެވެ.

އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލެސްގެ ރަސްމީ މަސްދަރުތަކާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި ޗާލްސްގެ މަންމާ ފުޅާއި، ބައްޕާފުޅުވެސް މިހާރު ތިއްބެވީ އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންނެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ކޮވިޑް-19ގެ ނުރައްކާ ޗާލްސްއަށް ކުރިމަތިވެވަޑައިގެންނެވި ފަހުން ރާނީއާއި ބައްދަލުކުރެއްވިއެވެ.

ބަކިންގހަމް ޕެލެސްގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ރާނީއާއި ޗާލްސްގެ ވެސް ޙާލުކޮޅު ރަނގަޅުކަމަށެވެ. އަދި ޗާލްސްއަށް ވައިރަސް ޖެހުނީ، އަވަދިފުޅު ނެތި އެކި ޙަރަކާތްތަކުގައި ބައިވެރިވަޑައިގެން އުުޅުއްވުމުގެ ތެރޭގައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.