ކ. މާލެ
|
25 މާރޗް 2020 | ބުދަ 21:51
އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓު
އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓު
ގޫގުލް
އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓު
މުވައްޒަފަކު ރިސޯޓުގެ މުދަލަށް ގެންލުންދީ ރޯކޮށްލި މައްސަލައެއް ބަލަން ފަށައިފި
 
އެމީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވޭ
 
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން

އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މާޗު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ޝާމިލުވާ މީހާ އެ ރިސޯޓުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މީހާ ހަމަނުޖެހުން ހިންގާފައިވަނީ ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނިކޮށް ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާކަމަށް ބުނެ، ރިސޯޓުން ފައިބަން ބޭނުންވާކަމަށް ރިސޯޓުގެ މެނޭޖްމެންޓުގައި އެދުމުން އެ އެންގުމާއި ޚިލާފަށް ރިސޯޓުން ނުދެވޭނެ ކަމަށް ބުނުމުންނެވެ. އަދި އެޗްޕީއޭ އާއި ގުޅިގެން އެކަންތައްތައް ކުރިއަށް ގެންދިއުމަށް ރިސޯޓުން އެމީހާ އަށް އެންގިކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް 24 މާރޗުގައި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު މަފުށި މެޖިސްޓްރޭޓް ކޯޓުން ޖަހާދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް