ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ރާއްޖެ - ކޮވިޑް-19

ނޭޕާލުގައި ތިބި ދިވެހި ދަރިވަރުން ގެނައުމާއި ބެހޭ ގޮތުން އެ ގައުމުގެ ސަރުކާރާ މަޝްވަރާކޮށްފި

  • ވައިގެ ޞަރަޙައްދު ހުޅުވާލެވުމުން އެދަރިވަރުން ރާއްޖެއަށް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި
  • 17 ދިވެހި ކިޔަވާ ކުއްޖަކު ނޭޕާލުގައި ނާދެވި ތާށިވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި
  • އެކުދިންނަށް އެކޮމޮޑޭޝަން އާއި އެހެނިހެން ހިދުމަތްތައް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުން

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 25 މާރޗް 2020 | ބުދަ 22:18 3,833

މިނިސްޓަރ އޮފް ފޮރިން އެފެއަރޒަ އަބްދުﷲ ޝާހިދު - ފޮރިން މިނިސްޓްރީ

ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ އަނބުރާ ގެނައުމާއި ބެހޭ ގޮތުން ނޭޕާލުގެ ފޮރިން މިނިސްޓަރ ޕްރަދީބް ގްޔާވަލީއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ދެބޭފުޅުން މަޝްވަރާކުރައްވައިފިއެވެ.

ދެބޭފުޅުން މަޝްވަރާ ކުރެއްވީ، ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައި ވަނިކޮށް ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް ނާދެވިފައި ތިބި 17 ދިވެހިން ރާއްޖެއަށް ގެނައުމާ ބެހޭ ގޮތުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ނޭޕާލުގެ ފޮރިން މިނިސްޓަރާއެކު މިނިސްޓަރަށް ފޯނުން ގުޅުއްވާ އެދަރިވަރުން އެންމެ އަވަހަށް ރާއްޖެއަށް ގެނެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ނޭޕާލުގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި މިވަގުތު ނޭޕާލް އޮތީ "ލޮކް ޑައުން" ހާލަތުގައިކަން ފާހަގަކުރައްވައި، ވައިގެ ދަތުރުފަތުރުތަކުގައި ހުރަސްތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އަދި ހާލަތައް ބަދަލު އައިސް، ވައިގެ ޞަރަޙައްދު ހުޅުވާލެވި އަދި ފްލައިޓްތައް ފެށުނުހާ އަވަހަކަށް އެދަރިވަރުން ރާއްޖެއަށް ފޮނުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ނޭޕާލްގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި 17 ދިވެހިންނަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު އެހީތެރިކަން ބޭނުންވާތީ، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ، މިހާރުވެސް މެޑިކަލް ލައިސަންސް އޮތް ފަރާތްތަކެވެ. މި ދަރިވަރުންނަށް ރާއްޖެއަށް އައުމުގެ މަގު ފަހިވަންދެން ޒަރޫރީ ބޭމުންތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް