ކ. މާލެ
|
25 މާރޗް 2020 | ބުދަ 21:19
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
އިންޓަރނެޓުގެ ޙިދުމަތައް ގެންނަ ލުއިތަކާއި ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ: ރައީސް
 
ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާނަން: ރައީސް

އިންޓަރނެޓުގެ ޙިދުމަތައް ގެންނަ ލުއިތަކާއި ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވި މި ދުވަސްވަރު އިންޓަރނެޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި އިންޓަރނެޓުގެ ޚިދުމަތަށް ރަނގަޅު ލުޔެއް ހޯދައިދޭންޖެހޭ ކަމަށް ގަބޫލުކުރައްވާކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ޙިއްޞާކުރާނަން.
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ނުލިބޭތީ ކޮމިއުނިކޭޝަން އޮތޯރިޓީ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ތަރިކައިގެ ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެދިލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް