ކ. މާލެ
|
29 މާރޗް 2017 | ބުދަ 17:33
ހޯލް އޮފް ފޭމްގެ ހަފްލާގެ ބައެއް ބައިވެރިން
ހޯލް އޮފް ފޭމްގެ ހަފްލާގެ ބައެއް ބައިވެރިން
ގޫގުލް
ހޯލް އޮފް
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
 
ޕާސަނަލިޓީ އޮފް ދި އިޔާގެ އެވޯޑް ލިބުނީ އަމީތާބް ބައްޗަންއަށް

ހެލޯ މެގަޒިން އިން ދޭ "ހޯލް އޮފް ފޭމް" އެވޯޑްސްގައި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ފަންނާނު، އެންޓަޓެއިނާ އޮފް ދި އިޔާގެ އެވޯޑް އަނުޝްކާ ޝަރްމާ އަށް ލިބިއްޖެއެވެ.

އަނުޝްކާ އަށް މި އެވޯޑް ލިބިފައިވާ އިރު އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމްތަކުގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "އޭ ދިލްހެ މުޝްކިލްހޭ" އާއި ސުޕަ ސްޓާ ސަލްމާން ޚާންއާ އެކު އޭނާ ފެނިގެން ދިޔަ "ސުލްތާން: ހިމެނެއެވެ.

 

ޓްވިންކަލް ކަންނާ އާއި ޑިމްޕް ކަޕާޑިއާ

 

ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސޯފީ ޗާދަރީ ހުށަހަޅައިދިން މި ހަފްލާގައި ބޮލީވޫޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި ސްޕަ ސްޓާ އަމީތާބް ބައްޗަން އާއި ވަރުން ދަވަން، އާލިއާ ބަޓް، ކެޓްރީނާ ކައިފް، ރިތިކް ރޯޝަންގެ އިތުރުން ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ހިމެނެއެވެ.

އެވޯޑްތަކަށް ބަލާއިރު ފްރެޝް ފޭސް އޮފް ދި އިޔާ އެވޯޑް ހާސިލްކޮށްފައި ވަނީ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އިން ފެނިގެން ދިޔަ ދިޝާ ޕަޓާނީއެވެ. ކްރިއޭޓިވް މާވްރިކް އޮފް ދި އިޔާގެ އެވޯޑް ހާސިލްކޮށްފައި ވަނީ އިހްޒަމާނުގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "މޮހެންޖޯ ދާރޯ" ގެ ތަރި ރިތިކް ރޯޝަންއެވެ.

 

އަމީތާބް ބައްޗަން

 

އިތުރު އެވޯޑްތަކަށް ބަލާއިރު ޕާސަނަލިޓީ އޮފް ދި އިޔާގެ އެވޯޑް ލިބުނީ އަމީތާބް ބައްޗަންއަށެވެ. މިދިޔަ އަހަރުގެ ތެރޭގައި އަމީތާބު ވަނީ ފާހަގަކޮށްލެވޭ ތިން ފިލްމަކުން ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި "ޓީން" އާއި "ޕިންކް" އަދި "ވަޒީރު" ފާހަގަކޮށްލެވެއެވެ.

ގްލެމާ އައިކަންއަކަށް ހޮވިފައި ވަނީ ކެޓްރީނާ ކައިފްއެވެ. ވިޝަނަރީ ވުމަން އޮފް ދި އިޔާގެ އެވޯޑް ޓްވިންކް ކަންނާ އަށް ލިބިގެން ގޮސްފައިވާ އިރު އެހެން ދާއިރާތަކުން ވެސް ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑްތައް ދީފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް