ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ކޮވިޑް-19

ކޮވިޑް-19: މުޅި އިންޑިޔާ ލޮކްޑައުންއަށް ދިޔުމާއެކު ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ދަތިތަކެއް

  • ގިނަ އަދަދެއްގެ މުދާ އުފުލާ ޓްރެއިންތައް ވަނީ ކިޔުގައި ޖެހިފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 25 މާރޗް 2020 | ބުދަ 16:18 7,565

އިންޑިޔާ ލޮކްޑައުން ކޮށްފައިވާއިރު ކާބޯތަކެތި ފޯރުކޮށްދިނުމަށް އަންނަނީ ދަތިތައް ދިމާވަމުން - އިންޑިއާ އެމްބަސީ

މުޅި އިންޑިޔާ 21 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކުރުމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިންމެވުމާއެކު ކާބޯތަކެއްޗާއި، ބޭސް އަދި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށްދިނުން މިވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.

ދަ އިންޑިއަން އެކްސްޕްރެސް އިން ބުނާގޮތުން ހައިވޭތަކުގައި ގިނަ އަދަދެއްގެ ޓްރަކްތައް ވަނީ މިތަކެތި ހިފައިގެން އެކި ސްޓޭޓްތަކަށް ދިޔުމަށް ކިޔުހަދާފަ އެވެ. ނަމަވެސް އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ނުވަދެވޭތީ މިޓްރަކްތަކަށް ކުރިޔަށްދެވޭނެ ގޮތެއް ނެތެވެ. މީގެތެރޭގައި ކޮންމެހެން ބޭނުންވާ މުދާގެންދާ ރެއިލްތައްވެސް ހިމެނެއެވެ. އިންޑިޔާ ލޮކްޑައުންއަށް ދިޔައިރު ރެއިލްވޭ އަކީ ހުއްދަ ދީފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ނޫނެވެ.

ދަތުރުފަތުރުކުރުމުގެ ކަންކަމުގައި އިސްތިސްނާވާ މީހުންނާއި ކަންކަމުގެ މައުލޫމާތު އެންމެ ދަށު ފަންތީގައި މަސައްކަތްކުރާ މީހުންނަށް ލިބިފައިނެތުމުން އަރާފައިވާ އޮޅުންތަކުގެ ސަބަބުން ސްޓޭޓްތަކުގެ ތެރޭގައިވެސް ވަނީ މިކަން ހުއްޓުމަކަށް އައިސްފަ އެވެ. އެހެންވުމުގެ ސަބަބުން އޮންލައިންކޮށް އޯޑަރުތައް ނަގައިގެން މަސައްކަތްކުރާ ފަރާތްތަކަށް ވަނީ އެމީހުންގެ ތަކެތި ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވެފަ އެވެ.

އޮންލައިންކޮށް މިމަސައްކަތްކުރާ ގްރޮފަރސްގެ ސީއީއޯ އަލްބިންދަރ ދިންޑްސާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފަރިދްއާބާދްގައި ހުރި އެމީހުންގެ ވެއަރ ހައުސްތައް ވަނީ އޮފިޝަލުން ބަންދުކޮށްފަ އެވެ. އެހެން އޮންލައިން ކުންފުންޏެއްކަމަށްވާ ބިގް ބާސްކެޓުން އެމީހުންގެ މޯބައިލް އެޕްލިކޭޝަންގައި ބުނެފައިވަނީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމީހުން މަސައްކަތްނުކުރާކަމަށެވެ. ބިގް ބާސްކެޓްގެ ސީނިއަރ އޮފިޝަލަކު ބުނެފައިވަނީ ފުލުހުން އެމީހުންގެ ލޮޖިސްޓިކްގެ ކަންކަން ހުއްޓުވާފައިވާކަމަށެވެ. އެމޭޒަން އިންޑިޔާއިން ބުނެފައިވަނީ ތަކެތި ފޯރުކޮށްދިނުމުގައި އެމީހުން ބަލަނީ އެންމެ ބޮޑަށް ތަކެއްޗަށް ބޭނުންޖެހިފައިވާ މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

ކާބޯތަކެއްޗާއި އެހެނިހެން މުހިންމުތަކެއް ފޯރުކޮށްދިނުމުގައި ކުރިމަތިވެގެން އުޅޭ ހުރަސްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބިހާރްގެ ޑެޕިޔުޓީ ޗީޕް މިނިސްޓަރ ސުޝިލް ކުމާރް ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އެއް ސްޓޭޓް އަނެއް ސްޓޭޓާއި ގުޅޭ ހިސާބުގައި ޓްރަކްތައް ތާށިވެފައިވާކަމަށް ސުޝިލް ކުމާރު ވިދާޅުވި އެވެ.

ހާލަތު އިތުރަށް ގޯސްވެފައިވަނީ ރެއިލް އާއި ވައިގެ ދަތުރުތައް އެއްކޮށް ބަންދުކުރުމާއި ގުޅިގެންނެނެވެ. މުދާ އުފުލާ ފްލައިޓްތައް މީގެތެރެއިން އިސްތިސްނާވެ އެވެ.

ތަކެތި ފޯރުކޮށްދިނުމަށް ދިމާވި މިދަތިތަކާއި ގުޅިގެން ކުންފުނިތައް އަންނަނީ ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްނުދެވޭނެކަމަށް ބުނެ އެމެސެޖް ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް