އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ރަޖްނިކާންތު ލަންކާ ދަތުރު

ރަޖްނިކާންތު ލަންކާ ދަތުރު ކެންސަލްކުރުމުން އަންނާނެ ކަމަށް އުއްމީކޮށް ހިނގާލުމެއް

  • ރަޖްނިކާންތު ލަންކާއަށް ދަތުރުކުރަން ހަމަޖެހިފައި އޮތީ ގަނަމް ފައުންޑޭޝަނުން އަޅައިދިން 150 ގެއެއްގެ ތަޅުދަނޑި ހަވާލުކޮށްދިނުމަށް

ކ. މާލެ | 29 މާރޗް 2017 | ބުދަ 17:26 | 3,696

ރަޖުނިކާންތަކީ ތަމަޅައިންގެ މެދުގައި މަގުބޫލު ތަރިއެއް - ގޫގުލް

ސްރީލަންކާއަށް ވަރަށް އަވަހަށް ދަތުރެއް ކުރާނެ ކަމަށާއި ލަންކާގެ ރައްޔިތުން ދެމުންދާ ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ބޮލީވުޑްގެ ތަރި ރަޖްނިކާންތު ބުނެފިއެވެ.

އޭނާ މިހެން ބުނެފައި ވަނީ ލަންކާއަށް ކުރަން ހަމަޖެއްސި ދަތުރެއް ކެންސަލް ކުރަން ޖެހުމުން ލަންކާގެ ތަމަޅައިންނަށް ފޮނުވި ސިޓީއެއްގައެވެ.

" ތިބޭފުޅުންވާ ލޯބިވާވަރު އަހަންނަށް އެނގުނީ މީޑިއާ މެދުވެރިކޮށް. ތިޔަ ލޯޔްބާ ތި ޝައުގުވެރިކަމަށް ޝުކުރު އަދާކުރަން ބޭނުންކުރާނެ ބަހެއް ނެތް" ރަޖްނިކާންތު ބުނެފައިވެއެވެ.

ސްރީލަންކާއަށް ކުރަން އޮތް ދަތުރު ރަޖްނިކާންތު ކެންސަލް ކުރީ އޭނާ ދިރިއުޅޭ ސްޓޭޓްގެ ތަމަޅައިންގެ ތެރެއިން އިދިކޮޅު ފަރާތަކާ ބައްދަލުކުރުމަށް ފަހުއެވެ.

އޭނާގެ ދަތުރު ހަމަޖެހިފައި އޮތީ ގެދޮރު ގެއްލިފައިތިބި ތަމަޅައިންނަށް ގަނަމް ފައުންޑޭޝަނުން އަޅައިދިން 150 ގެއެއްގެ ތަޅުދަނޑި ހަވާލުކޮށްދިނުމަށެވެ.

ގަނަމް ފައުންޑޭޝަނުން ގެންދަނީ ލަންކާގެ ދާޚިލީ ހަނގުރާމައިގައި ގެދޮރު ގެއްލިފައިތިބި ފަރާތްތަކަށް ގެދޮރު ބިނާކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ދަތުރު ކެންސަލް ކުރުމުން ލަންކާގެ ޖަފްނާގެ ތަމަޅައިންވަނީ މަގުތަކަށް ނުކުމެ ރަޖްނިކާންތަށް ތާއީދުކޮށް އޭނާ އަންނާނެ ކަމުގެ އުންމީދު އޮތްކަން ހާމަކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.