ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ކޮވިޑް-19

ކޮވިޑް-19: ދެމަހަށް ފަހު ހޫބޭ ޕްރޮވިންސް ހުޅުވާލުމާއެކު ރައްޔިތުންނަށް އުފާވެރިކަން

  • ވުހާން ހުޅުވާލާނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު
  • ދެ މަސްދުވަސް ފަހުން ޗައިނާ އަންނަނީ އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރަމުން

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 25 މާރޗް 2020 | ބުދަ 14:50 9,069

ހޫބޭ ޕްރޮވިންސް - ސީޖީޓީއެން

ހުބޭ ޕްރޮވިންސް ލޮކްޑައުންކުރިތާ ދެ މަސްދުވަސް ފަހުން މިވަނީ އެޕްރޮވިންސް ހުޅުވާލާ ޕްރޮވިންސުން އެތެރެވެ އަދި ބޭރުވެވޭނެ ގޮތަށް ދަތުރުފަތުރުކުރުން ހުޅުވާލާފައެވެ.

މަރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހޫބޭ ޕްރޮވިންސުން އެތެރެވެ އަދި ބޭރުވެވޭނެގޮތް ހެދިނަމަވެސް ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ވުހާން އަށް އަދި ލުއިދީފައެއް ނުވެއެވެ. ވުހާން ގައި ދަތުރު ފަތުރުކުރަން އޮތް ރެއިލްވޭތަކާއި ވައިގެމަގުން ދަތުރުކުރެވޭގޮތަށް ހުޅުވާލާނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ. ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ހޫބޭ ޕްރޮވިންސް ލޮކްޑައުންކޮށްފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.

ހޫބޭ ޕްރޮވިންސް ލޮކްޑައުންކުރުމާއެކު އެޕްރޮވިންސްގައި ދިރިއުޅޭ 58 މިލިއަން މީހުންގެ ދިރިއުޅުން ހުއްޓުމަކަށް އާއިރު ފާއިތުވި ދެ މަސްދުވަސްތެރޭގައި މުޅި ޗައިނާވެސް ވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. އެގައުމުގެ އުފެއްދުންތެރިކަން ދަށަށްގޮސް އިގްތިޞާދީ ދުވެލި މަޑުޖެހުމާއެކު އެއީ ޗައިނާއިން އެޅި ރަނގަޅު ފިޔަވަޅެއްތޯ އޭރު ސުވާލުވެސް ކުރަމުން އައެވެ. އޭގެ ދެމަސްފަހުން ޗައިނާއިން މިވަނީ ވައިރަސް އާ ދެކޮޅަށް ކާމިޔާބު ހޯދާފަ އެވެ.

ޗައިނާގެ އެތެރެއިން ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހެއް ނުފެންނަތާ ހަ ދުވަސް ވެފައިވާއިރު މިހާރު ޗައިނާއިން މުޅިންވެސް ވައިރަސް ފެންނަނީ އެގައުމަށް އެތެރެވާ ފަރާތްތަކުންނެވެ. އަނެއްކޮޅުން ޗައިނާއިން އަންނަނީ މިއާއެކު އެމީހުންގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެ އާންމު ހާލަތަށް ރުޖޫޢަވަމުންނެވެ.

ހޫބޭ ޕްރޮވިންސް ހުޅުވާލިނަމަވެސް އަދިވެސް ޗައިނާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ހޫބޭ ޕްރޮވިންސަށް ވަންނައިރު އަދިވެސް ވައިރަސްގެ އަލާމާތްތައް ހުރިތޯ ބަލާ ޗެކްކުރުން ފަދަ ކަންކަން ކުރެއެވެ.

ޗައިނާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 81,218 އަށް އަރައެވެ. އަދި އެގައުމުގައި މަރުވި މީހުންގެ އަދަދު 3,281 އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް