ކ. މާލެ
|
25 މާރޗް 2020 | ބުދަ 13:19
ލީބިޔާ
ލީބިޔާ
ގްލޯބަލް ސިޓިޒެން
ކޮވިޑް-19
ކޮވިޑް-19: ލީބިޔާއިން ވައިރަސް ޖެހުނު ފުރަތަމަ މީހާ ފެނިއްޖެ
 
ދާދިފަހުން ލީބިޔާގައި ވަނީ ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށް ވައިރަސް އާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި
 
ވައިރަސް ޖެހުނު މީހާގެ އެއްވެސް މައުލޫމާތެއް އެގައުމުން ހާމަކޮށްފައެއްނުވޭ

ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ލީބިޔާއިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުގެ ހެލްތު މިނިސްޓަރ އަހްމިދް ބިން އޮމަރު އަންގާރަ ދުވަހު ވިދާޅުވީ ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ އެގައުމުން ފެނިއްޖެކަމަށާއި އެމީހާއަށް ވައިރަސް ޖެހިފައިވާކަން ޓެސްޓްތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ވައިރަސް ޖެހުނު މީހާގެ އެއްވެސް މައުލޫމާތެއް އެގައުމުން ހާމަކޮށްފައެއްނުވެ އެވެ.

ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވީ ވައިރަސް ޖެހުނު މީހާއަށް ދޭންޖެހޭ ފަރުވާ ދެމުންދާކަމަށެވެ. އަދި އެގައުމުގެ ހެލްތު މިނިސްޓްރީންނާއި ނޭޝަނަލް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން ވައިރަސް އިން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ރައްޔިތުން އެޅުމަށް މިނިސްޓަރ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންފަ އެވެ.

ދާދިފަހުން ލީބިޔާގައި ވަނީ ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށް ވައިރަސް އާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ އެވެ. އޭގެތެރޭގައި އެއަރޕޯޓްތަކާއި ބޯޑަރުތައް ބަންދުކުރުމާއި، ތައުލީމު ދޭ ތަންތަނާއި މިސްކިތްތައް ބަންދުކުރުން ހިމެނެއެވެ. އަދި ގިނަ މީހުން އެއްވެއެޅުން މަނާކޮށް ކާފިއުވެސް ވަނީ އިއުލާންކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް