ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ކޮވިޑް-19

ކޮވިޑް-19: މެލޭޝިޔާއިން ލޮކްޑައުންގެ މުއްދަތު އޭޕްރީލް 14 އާ ހަމަޔަށް އިތުރުކޮށްފި

  • ބޮޑުވަޒީރު މުހިއްޔުއްދީން އިތުރަށް ވިދާޅުވީ ބުދަ ދުވަހު އެގައުމުން 172 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް
  • މިހާތަނަށް އާއިރު މެލޭޝިޔާގެ 1,796 މީހަކަށް ވައިރަސް ޖެހިފައިވޭ

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 25 މާރޗް 2020 | ބުދަ 11:59 4,804

މެލޭޝިޔާ - ގޫގުލް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މެލޭޝިޔާ ލޮކްޑައުންކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މެލޭޝިޔާ ވަނީ ލޮކްޑައުންކޮށްފައެވެ. މިލޮކްޑައުންކޮށްފައި އޮތްމުއްދަތު ހަމަވާން ކުރިން އޮތީ މަރޗްމަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ބުދަ ދުވަހު އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ވިދާޅުވީ ލޮކްޑައުންކޮށްފައިވާ މުއްދަތު އަންނަ އޭޕްރީލްމަހުގެ 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ބޮޑުވަޒީރު މުހިއްޔުއްދީން އިތުރަށް ވިދާޅުވީ ބުދަ ދުވަހު އެގައުމުން 172 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށެވެ. މީގެއިތުރުން ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ވައިރަސްއަށް ޓެސްޓް ކުރުމުގެ ކަންކަން އަވަސް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކަބޯތަކެތި ބޭނުންވާ ވަރަށް މެލޭޝިއާގައި އެބަހުރި ކަމަށާއި، ބޭނުން ނެތް ގޮތުގައި އެތަކެތި ނުގަތުމަށް ބޮޑުވަޒީރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުންވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އާންމުން ގެއިން ބޭރަށް ނިކުތުމަށް އަންގާފައިވަނީ ހަމައެކަނި ގެއަށް ބޭނުންވާ ކާބޯތަކެތި ގަނުމަށާއި، ސިއްހީ ޚިދުމަތް ހޯދުމަށެވެ. މެލޭޝިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެގައުމަށް ފްލައިޓްތައް ޖެއްސުންވެސް ވަނީ މަނާކޮށްފައެވެ.

މިހާތަނަށް އާއިރު މެލޭޝިޔާގެ 1,796 މީހަކަށް ވައިރަސް ޖެހިފައިވާއިރު 16 މީހަކު ވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް