އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ބޮލީވޫޑް

އަހަރެން ދެކޭ ގޮތުގައި "އިއްތިފާގް"އަކީ އާ ފިލްމެއް: ސޮނާކްޝީ

  • ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެވިދާނެ

ކ. މާލެ | 29 މާރޗް 2017 | ބުދަ 17:13 | 5,130

ސޮނާކްޝީ ސިންހާ - ގޫގުލް

ޔާޝް ޗޯޕްރާ 1969 ވަނަ އަހަރު އުފެއްދި "އިއްތިފާގް"ގެ ރިމޭކެއް ހެދުމަށް މަސައްކަތްކުރަމުންދާ އިރު އެ ފިލްމަކީ ކޮޕީއެއް ކަމުގައި ނުދެކޭ ކަމަށާއި އެއީ އާ ފިލްމެއް ކަމަށް ދެކޭ ކަމަށް އެ ފިލްމްގެ ބަތަލާ ސޮނާކްޝީ ސިންހާ ބުނެފިއެވެ.

ސޮނާކްޝީ ބުނީ ކުރީގެ "އިއްތިފާގް" އޭނާ ނުބަލާ ކަމަށާއި އެހެން ކަމުން އޭނާ އަށް އެއީ އާ ފިލްމެއް ކަމަށެވެ. އަދި މި ޖީލުގެ ވަރަށް ގިނަ ބަޔަކަށް "އިއްތިފާގު" ފެނިފައި ނުވާނެ ކަމަށާއި އެ ފިލްމް އަލުން އުފައްދާ އިރު މިހާރުގެ ޖީލަށް ފެއްދުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ސޮނާކްޝީ ބުންޏެވެ.

ކުރީގެ "އިއްތިފާގް"ގައި މުހިންމު ރޯލްތަކުން ފެނިގެން ގޮސްފައި ވަނީ ރާޖޭޝް ކަންނާ އާއި ނަންދަ އަދި މަދަން ޕޫރީ އެވެ.

މި ފަހަރުގެ ފިލްމުން ސޮނާކްޝީގެ އިތުރުން ލީޑް ރޯލުން ފެނިގެންދާނީ ސިދާރު މަލޯހްތުރާއެވެ.

 

ސޮނާކްޝީގެ ފިލްމް ނޫރްގެ ޕޯސްޓަރެއް

ސޮނާކްޝީގެ ފިލްމް ނޫރްގެ ޕޯސްޓަރެއް

ސޮނާކްޝީ ބުނީ އޭނާއަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެވިދާނެ އެކްޓަރެއްކަން ސާބިތުކޮށްދެން ބޭނުންވާ ކަމަށެވެ. އޭނާ މިހާރު ވެސް ވަނީ ތަފާތު ރޯލްތައް އަދާކޮށްފައެވެ.

ސޮނާކްޝީ މިހާރު އަވަދިނެތި އުޅެމުންދަނީ އޭނާގެ އާ ފިލްމް "ނޫރް" ޕްރޮމޯޓްކުރުމުގައެވެ. އަދި މިއީ މިހާތަނަށް އޭނާ ކުޅުނު އެންމެ ހިތްހަމަޖެހޭ ރޯލް ކަމަށް ވެސް އޭނާ ބުންޏެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.