ކ. މާލެ
|
25 މާރޗް 2020 | ބުދަ 09:29
ކޮވިޑް-19
ކޮވިޑް-19
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ޖުމްލަ މަރުވި މީހުންގެ އަދަދު 18900 އަށްވުރެން އިތުރު
 
މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4254،15 އަށް އިތުރުވެފައި

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 18900 އަށްވުރެން އިތުރުވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4254،15 އަށް އިތުރުވެފައެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 109.100 އަށް ވުރެން އިތުރުވެފައެވެ.

ބަލި ޖެހުނު މީހުން އެންމެ ގިނައީ އަދިވެސް ޗައިނާގައެވެ. އެއީ 81219 މީހުންނެވެ. މިހާތަނަށް ޗައިނާ އިން މި ބަލީގައި 3281 މީހުން އެ ޤައުމުން މަރުވެފައިވާއިރު ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 73650 މީހުންނެވެ.

ދެވަނަ އަށް މި ބަލި އެންމެ ގިނައިން ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އިޓަލީއިންނެވެ. އެއީ 69172 މީހުންނެވެ. މި ބަލީގައި 6820 މީހުން ވަނީ މަރުވެފައިވެއެވެ. 8326 މީހުން އެ ޤައުމުން ވަނީ މި ބަލި ޖެހިގެން ރަނގަޅު ވެފައެވެ.

ތިންވަނައަށް އެންމެ ގިނައިން މި ބަލި ޖެހުނު ކަމަށް އެމެރިކާ އިން ރިޕޯޓްކޮށްފައިވާއިރު އެއީ 55180 މީހުންނަށްވުރެން ގިނައިންނެވެ. މި ބަލީގައި އެޤައުމުން 700 އަށްވުރެ ގިނަ މީހުން މަރުވިއިރު 350 އަށްވުރެން ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ސްޕެއިންގައި 42 ހާސް މީހުންނަށްވުރެން ގިނަ މީހުންނަށް މި ބަލި ޖެހިއިރު 2990 އަށްވުރެން ގިނަ މީހުން މަރުވެފައިވެއެވެ. އަދި 3790 އަށްވުރެން މީހުން ވަނީ ބަލިން ސަލާމަތްވެފައެވެ.

ޖަރުމަންވިލާތުން 36116 މީހުންނަށް މި ބަލިޖެހިފައިވާއިރު 180 މީހުން ވަނީ މަރުވެފައެވެ. އަދި ބަލިޖެހިގެން 3290 މީހުން ވަނީ ރަނގަޅުވެފައެވެ.

މީގެ އިތުރުން އީރާނަށް ބަލާލާއިރު އެޤައުމުން މިހާތަނަށް 24811 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 1900 އަށްވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 8900 އަށްވުރެން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
100%
0%
0%
0%
ކޮމެންޓް