ކ. މާލެ
|
25 މާރޗް 2020 | ބުދަ 08:34
ނިއުޒިލެންޑްގެ ބޮޑު ވަޒީރު އެގައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރައްވަނީ
ނިއުޒިލެންޑްގެ ބޮޑު ވަޒީރު އެގައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރައްވަނީ
ސީ.އެން.އެން
ކޮވިޑް-19
ކޮވިޑް-19: ނިއުޒިލެންޑްގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި
 
މިހާތަނަށް އާއިރު ނިއު ޒިލެންޑްގައި 205 މީހަކަށް މިވައިރަސް ވަނީ ޖެހިފައި
 
ކުރިޔަށް އޮތް ހަފްތާތެރޭގައި އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވާނެކަމަށް ބޮޑު ވަޒީރު ވިދާޅުވި
 
ނިއު ޒިލެންޑް ބުދަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ލޮކްޑައުންއަކަށް ދާނެ

ކޮވިޑް-19 ފެތުރެމުންދާތީ އެކަން ކޮންޓްރޯލްކުރުމުގެ ގޮތުން ނިއު ޒިލެންޑްގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފިއެވެ.

ސްޓޭޓް އޮފް ނޭޝަނަލް އެމަރޖެންސީ އެގައުމުގެ ބޮޑުވަޒީރު ޖެކިންޑާ އާޑާން އިއުލާންކޮށްފައި މިވަނީ ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުން ގޮސް ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާތީ އެވެ. މިއާއެކު އެގައުމުގެ އެލާރޓް ލެވެލް މިވަނީ 4 އަށް މަތިވެފަ އެވެ. އަދި ބުދަ ދުވަހު އެގައުމުގެ ގަނޑިން ހެނދުނު 6:59 ގައި މިނިންމުމަށް އަމަލުކުރަން ފަށާނެ އެވެ. އަނެއްކޮޅުން މުޅި ނިއުޒިލެންޑް މަރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަކަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އާޑާން ވިދާޅުވީ ކުރިޔަށް އޮތް ހަފްތާތެރޭގައި އެގައުމުގައި މިވައިރަސް ފެތުރޭ މިންވަރު އިތުރުވެގެންދާނެ ކަަމަށެވެ. އެހެންކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާމިޔާބުކުރެވޭ މިންވަރު ކުރިޔަށް އޮތްތަނުގައި އެނގިގެންދާނެކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

މިނިންމުމާއެކު ނިއު ޒިލެންޑްގައި ޒަރޫރީ ޚިދުމަތްދޭ ތަންތާންގައި މަސައްކަތްކުރާ މީހުން ފިޔަވައި އެހެން އެންމެން ތިބެންޖެހޭނީ ގޭގައެވެ. އަދި ބޭރުގައި އުޅޭ އެއްވެސް މީހަކާއި އެމީހުން ގުޅުމެއް ބާއްވައިގެން ނުވާނެ އެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނާއި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ސުޕަރމާކެޓްތައް ހުންނާނީ ހުޅުވިފަ އެވެ. ނަމަވެސް އިންޑޯ އަދި އައުޓްޑޯގެ އެއްވެސް ހަރަކާތެއް ބޭއްވުން މިނިންމުމާއެކު މަނާވާނެ އެވެ. އަދި ސްކޫލްތައްވެސް ބަންދުވާނެއެވެ.

މީގެއިތުރުން މިނިންމުމާއެކު ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދޭނީ ހަމައެކަނި ޒަރޫރީ ޚިދުމަތް ދިނުމަށް މަސައްކަތްކުރާ މީހުންނަށާއި ސިއްހީ ޚިދުމަތް ހޯދުމަށް އަދި ސުޕަރމާކެޓްތަކަށް ދިޔުމަށެވެ. ގައުމުގެ އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްދޭނީވެސް ހަމައެކަނި ޒަރޫރީ ޚިދުމަތްތައް ދިނުމަށް ދަތުރުކުރަން ޖެހޭ މީހުންނަށް އެކަންޏެވެ.

މިނިންމުމާއެކު އެގައުމުގެ ސިވިލް ޑިފެންސް މިނިސްޓަރ ޕީނި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިންމުންތައް އާދައިގެ ގޮތެއްގައި ނުނަންގަވާނެކަމަށެވެ. ހުރިހާ އެންމެންވެސް ގޭގައި ތިބެއްޖެނަމަ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެކަމަށާއި އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް އާއިރު ނިއު ޒިލެންޑްގައި 205 މީހަކަށް މިވައިރަސް ވަނީ ޖެހިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް