ކ. މާލެ
|
25 މާރޗް 2020 | ބުދަ 05:06
މިސްރުގައި ކޮވިޑް-19 އަށް ތިން ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި
މިސްރުގައި ކޮވިޑް-19 އަށް ތިން ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި
egyptianstreets.com
ކޮވިޑް-19
ކޮވިޑް-19: މިސްރުގައި، ދެ ހަފްތާއަށް ކާފިޔު ހިންގަނީ
 
366 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
 
އެންގުންތަކަށް ބޯނުލަނބާ މީހުން ޖުރިމާނާ ކުރާނެ

ކޮވިޑް-19 ފެތުރުނަ ނުދިނުމުގެގޮތުން މިސްރުގައި ދެ ހަފްތާއަށް ކާފިޔު ހިންގަން ނިންމައިފި އެވެ.

އެ ގައުމުގެ 366 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 10 މީހަކު ވަނީ މަރުވެފައެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ބޮޑު ވަޒީރު މުސްތަފާ މަދްބޮލީ ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ދެ ހަފްތާއަށް, ކޮންމެ ދުވަހަކު ރޭގަނޑު ހަތަކުން ހެނދުނު ހަޔަކަށް ކާފިޔު ހިންގާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކާފިޔުގެ ވަގުތުގައި އެއްވެސް ކަހަލަ އެއްގަމު އުޅަނދެއް ދުއްވުން މަނާވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ހަވީރު ފަހަކުން ހެނދުނު ހަޔަކާއި ދެމެދު ދެ ހަފްތާގެ މުއްދަތަށް ފިހަރާތަކާއި، މޯލްތަކުގެ އިތުރުން ހިދުމަތްދޭ މަރުކަޒުތައް ބަންދުވާނެ ކަމަށެވެ. މަދްބޮލީ ވިދާޅުވީ، ހުކުރު އަދި ހޮނިހިރު ދުވަހު ހުރިހާ ތަނެއް ބަންދުވާނެ ކަމަށެވެ.

ސްކޫލުތަކާއި ޔުނިވާސީޓީތައް އޭޕްރީލް މަހުގެ މެދުތެރޭއާ ހަމަޔަށް ބަންދު ކުރަން ނިންމާފައިވާއިރު، ކެފޭތަކާއި، ނައިޓް ކްލަބްތަކާއި، ސްޕޯޓްސް ކްލަބްތަކުގެ އިތުރުން ޖިމްތައް ވެސް ކުރިތޔަށް އޮތް ދެ ހަފްތާ އަށް ބަންދުކުރަން މިސްރުގެ ސަރުކާރުން ވަނި ނިންމާފައެވެ. ފިހާރަތަކާއި، ބޭކަރީގެ އިތުރުން ފާމަސީތައް އޭގެ ތެރޭގައި ނުހިމެނެއެވެ.

އެ އެންގުންތަކަށް ބޯ ނުލަނބާ ފަރާތްތައް 4،000 (255 ޑޮލަރު) އިން ޖުރިމާނާ ކުރާނެ ކަމަށް މިސްރުގެ ސަރުކާރުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް