ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 23:27
އިޓަލީގެ ބާގަމޯގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ސަންދޯއް މިލިޓަރީ އޮފިސަރުން ގެންދަނީ
އިޓަލީގެ ބާގަމޯގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ސަންދޯއް މިލިޓަރީ އޮފިސަރުން ގެންދަނީ
ޕީއޭ އިމޭޖަސް
ކޮވިޑް-19
އިޓަލީ އަށް އިތުރު މާޔޫސްކަން – އަންގާރަ ދުވަހު އެކަނި 743 މަރު!
 
އިޓަލީން މަރުވި މީހުންގެ އަދަދު 6820 ށް
 
ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 69176 ށް
 
އިންޓެންސިވް ކެއަރ ގައި މިހާރުވެސް 3396 މީހަކަށް އަންނަނީ ފަރުވާ ދެމުން

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި 743 މީހުން މަރުވެ، މިހާތަނަށް މި ބަލީގައި އިޓަލީން މަރުވި މީހުންގެ އަދަދު 6,820 ށް އަރައިފި ކަމަށް އެ ގައުމުގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

މަރުވި މީހުންގެ އަދަދު މައްޗަށް މި ދިޔައީ، މި ފާއިތުވެ ދިޔަ ދެ ދުވަހު މަރުވި މީހުންގެ ރޭޓް ދަށްވަމުން ދިއުމާއެކު އުއްމީދުތައް އާވެފައި ދަނޑިވަޅެއްގައެވެ.

ހޯމަ ދުވަހު 602 މީހުން ބަލީގައި މަރުވެފައިވާއިރު، އާދިއްތަ ދުވަހު 650 މީހުން އަދި އޭގެ ކުރީ ދުވަހު 793 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. ހޮނިހިރު ދުވަސް ވެގެން ގޮސްފައިވަނީ ފެބްރުއަރީ 21 ގެ ފަހުން އިޓަލީގައި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހުގެ ގޮތުގައެވެ.

އިޓަލީގައި ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ އަދަދަކީ 69,176 އެވެ.

މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 8,326 މީހުންނެވެ.

އިންޓެންސިވް ކެއަރ ގައި މިހާރުވެސް 3,396 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ލޮމްބާޑީ އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. ލޮމްބާޑީން 30,703 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު ބަލީގައި 4178 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
98%
2%
0%
0%
ކޮމެންޓް