ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ކޮވިޑް-19

ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ މައްޗަށް

  • ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 401,134
  • ފާއިތުވެދިޔަ 24 ގަޑިއިރު 22,352 މީހުންނަށް ވައިރަސް ޖެހުނު
  • ފާއިތުވެދިޔަ 24 ގަޑިއިރު 973 މީހުން މަރުވި

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ | 24 މާރޗް 2020 | އަންގާރަ 22:12 | 3,551

ކޮވިޑް-19 ބަލި މީހަކަށް ފަރުވާދެނީ - ޓައިމް މަޖައްލާ

ކޮވިޑް19 ދުނިޔޭގެ 196 ޤައުމަކަށް ފެތުރިފައިވާއިރު، މިހާރު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރު ސަތޭކަ ހާހަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 ގެ ޑޭޓާ ބަލަހައްޓާ ވޯރްލްޑޮ މީޓަރގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔެއިން މިހާރު ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 401,134 އެވެ. ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާލާއިރު، މުޅި ދުނިޔެއިން 22,352 މީހުންނަށް މި ވައިރަސް އަލަށް ޖެހިފައިވެއެވެ. އަދި ވައިރަސް ޖެހިގެން 17,480 މީހުން ޖުމުލަ މަރުވެފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު 973 މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވައިރަސްއަށް، 279,898 މީހުން ފަރުވާ ހޯދަމުންދާއިރު، މީގެ ތެރެއިން 12,358 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރު ލިބެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ނުރައްކާ މިންވަރަށް މި ވައިރަސް ފެތުރެމުން ދިޔަނަމަވެސް ފަރުވާދީގެން މިހާތަނަށް 103,756 މީހުން ރަނގަޅުވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ވައިރަސްގެ އަސަރު މިހާރު އެންމެ ބޮޑަށް ކުރަމުންދަނީ ވިލާތުގެ ޤައުމުތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.