ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - ކޮވިޑް-19

ޖަރުމަން ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކޮށްފި

  • ކޮވިޑް-19 ގެ ސަބަބުން ޔޫރަޕުގެ ބޮޑު ފަސް ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައި

އަތޫފް އާތިފް
AthifAthoof

ކ. މާލެ 24 މާރޗް 2020 | އަންގާރަ 21:25 1,333

ޖަރުމަން ލީގުގެ މެޗެއްގެ ތެރެއިން - ގެޓީ އިމޭޖާސް

ޖަރުމަނުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަން ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކުރުމަށް ނިންމައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖަރުމަން ލީގު ހިންގަމުން ގެންދާ ޑީއެފްއެލް އަދި ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ދެމެދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަނީ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. އަދި މި ބައްދަލުވުމަށްފަހު އެ ދެ އިދާރާއިން ނިންމީ ޖަރުމަން ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކުރުމަށެވެ.

ޖަރުމަނު ލީގު ފަސްކުރުމަށް ދެވަނަ ފަހަރަށް ނިންމިއިރު ޖަރުމަނުގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ނިންމައިފައެވެ. ބަޔާނުން ބުނީ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކްލަބަށް ލިބޭނެ ގެއްލުންތަކަށް ބަލައިފައި ކަމަށެވެ.

ޖަރުމަނުގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ޔޫރަޕުގެ ބޮޑު ފަސް ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގު، އިޓާލިއަން ލީގު، ސްޕެނިޝް ލީގު، ފްރެންޗް ލީގު ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕުގެ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔުރޮޕާ ލީގުގެ މެޗުތައް ފަސްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އަށް ޔޫރަޕުގެ ބައެއް ކުޅުންތެރިން ޕޮޒިޓިވްވެފައިވާއިރު، މި ވައިރަހުގެ ސަބަބުން އާސެނަލް، ޔުވެންޓަސް، މެންޗެސްޓާ ސިޓީ، ވަޓްފޯޑް، އެވެޓަން އަދި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ވަނީ ކަރަންޓީނުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް