ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 21:08
ސައުދީއަރަބިއްޔާގެ ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ސައުދީއަރަބިއްޔާގެ ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެސްޕީއޭ
ކޮވިޑް-19
ކޯރޯނާވައިރަސް ޖެހިގެން ސައުދީގައި ފުރަތަމަ މަރު
 
ސައުދީގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 767 ށް

ސައުދީ އަރަބިއްޔާގައި ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ސައުދީ އަރބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން ބުނީ މަދީނާގައި ބަލީގައި އަންގާރަ ދުވަހު މަރުވި މީހަކީ އަފްޣާން ރައްޔިތެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ.މުޙައްމަދު އަލް އަބްދުލް އަލީ ހާމަ ކުރެއްވި ގޮތުގައި ފާއިތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި 205 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށެވެ. މި އަދަދާ އެކު މިހާރު އެ ގައުމުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 767 ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އުޅޭ ކަމަށް ރެކޯޑް ކުރެވިފައިވާ ސައުދީގެ ސިޓީތަކުގެ ތެރޭގައި މައްކާ، މަދީނާ، އަދި ވެރިރަށް ރިޔާދް ހިމެނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާ ގައި ރޭގަނޑު 7:00 ން ހެނދުނު 6:00 ށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

ސައުދީގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 28 މީހަކު ބަލިން ރަނގަޅު ވެގެން މިހާތަނަށް ވަނީ ދޫކޮށްލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
100%
0%
0%
0%
ކޮމެންޓް