ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 18:32
\"ދަ ބެޓްމޭން\" ގެ ތަރި ރޮބާޓް ޕެޓިންސަން
"ދަ ބެޓްމޭން" ގެ ތަރި ރޮބާޓް ޕެޓިންސަން
ދި ވޮޝިންޓަން ޕޯސްޓް
ހޮލީވުޑް
ކޮވިޑް-19: "ދަ ބެޓްމޭން" ވެސް ރިލީޒްކުރުން ފަސްކުރަނީ
 
އެކަމާއި ގުޅޭ ގޮތުން ވަރނަރ ބްރޯސް އިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ހޮލީވުޑްގެ ގިނަ ފިލްމުތަކެއް ފަސްކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބައެއް ފިލްމުތަކުގެ ޝޫޓިންތަކުގެ ޝެޑިއުލް އަށް ބަދަލުތައް ގެނެސް ޝޫޓިންތައް ފަސްކޮށްފައިވާ އިރު ބެޓްމޭންގެ ފްރެންޗައިސްގެ ފިލްމުތައް އުފައްދާ ކުންފުނި ވަރނަރ ބްރޯސްގެ އިން އުފައްދާ ފިލްމް "ދަ ބެޓްމޭން" ރިލީޒް ކުރާ ތާރީޚަށްވެސް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރ ބެން އެފްލެކް އަށް ފަހު ޓްވައިލައިޓް އިން މަޝްހޫރުވި 33 އަހަރުގެ ތަރި ރޮބާޓް ޕެޓިންސަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒް ކުރުމަށް ކުރިން ނިންމާފައިވަނީ އަނަން އަހަރުގެ ޖޫން މަހުއެވެ.

މިފިލްމުގެ މަސައްކަތްތައް މިއަހަރުގެ ކުރީކޮޅު ފަށާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ފިލްމުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށްގެނެސްފައެވެ.

އަދި ވަރނަރ ބްރޯސް އިން މި ފިލްމް ރިލީޒް ކުރާ ތާރީޚް ރީޝެޑިއުލް ކުރިކަމުގެ އަޑު ވަނީ ފެތުރެން ފަށާފައެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ވަރނަރ ބްރޯސް އިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޮޑު ބަޖެޓުން ހަދާ ގިނަ ފިލްމުތަކެއް ވަނީ ފަސް ކޮށްފައެވެ. އެގޮތުން ރިލީޒް ކުރާ ތާރީޚު ބަދަލު ކުރި އެންމެ ފުރަތަމަ ފިލްމަކީ "ނޯ ޓައިމް ޓު ޑައި" އެވެ. މީގެ އިތުރުން "ދަ ބޮންޑް"، ފާސްޓް އެންޑް ފިއުރިޔަސް 9" އަދި މާވެލް ސްޓޫޑިއޯ ރިލީޒް ކުރާ ދުވަހަށް ވަނީ ބަދަލު ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް