ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ސިމްޑީ

ކޮވިޑް-19: ސިމްޑީން ވިއްކާ ޕްރޮޑަކްޓްތައް ޑެލިވަރީ ކުރަން ފަށައިފި

 • ހޯމަ ދުވަހުން ފެށިގެން ޑެލިވަރީ ކުރުމުގެ ހިދުމަތް ސިމްޑީން އަންނަނީ ދެމުން
 • ހެނދުނު 9:00 އިން ފެށިގެން ގޮސް ރޭގަނޑު 10:00 އަށް ޑެލިވަރީ ހިދުމަތް ފޯރުކޮއްދޭނެ
 • ނަގުދު ފައިސާއިންނާއި ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައި

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 24 މާރޗް 2020 | އަންގާރަ 17:49 2,522

ސިމްޑީގެ ބައެއް އުފެއްދުންތައް - ސިމްޑީ

ގޭގައިނ ތިބުމަށް އެޗްޕީއޭއިން އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސިމްޑީ ގްރޫޕުން ވިއްކާ ތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.

ސިމްޑީން ބުނީ ކަސްޓަމަރުންނަށް އެ ކުންފުނިން ވިއްކާ ތަކެތި ފޯރުކޮށްދިނުމުގެ ގޮތުން ގޭގައި ތިބެގެން އޯޑަރު ކުރާ ތަކެތި ގެއަށް ގެންގޮސްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮރުން ހޯމަ ދުވަހުން ފެށިގެން ސިމްޑީ ސީޕީޑީން ވިއްކާ 10 ބާވަތަކާއި ސިމްޑީ ރެސޫ އިން ވިއްކާ 3 ބަވަތެއްގެ އިތުރުން ސިމްޑީން ޓެކް އިން ވިއްކާ 9 ބާވަތެއް ޑެލިވަރ ކުރުމަށް ވަނީ ނިންމާފައެވެ.

ސިމްޑީ ސީޕީޑީ އިން ޑެލިވަރ ކޮށްދޭ ސާމާނު

 • ޑުނާރ
 • އައި ޗޮކޯ
 • އައި ކެފޭ
 • ޕެމްޕާރސް
 • ރިޗް ލައިފް (ކިރު)
 • ސަންޓަން
 • ހޮލްސްޓެން
 • ރުބިކޮން
 • ވިސްޕަރ
 • ދިލްމާ

ސިމްޑީ ރެސޫ އިން ޑެލިވަރ ކޮށްދޭ ސާމާނު

 • އެލެކްޓްރޯލަކްސް ހޯމް އެޕްލައިންސް
 • އިލީ ކޮފީ
 • އިލީ ކޮފީ މެޝިން

ސިމްޑީ ޓެކުން ޑެލިވަރީ ކޮށްދޭ ސާމާނު

 • ކެނޯން ކާޓްރިޖް
 • ޕްރިންޓަރ
 • ސްކޭނަރު
 • ޕްރޮޖެކްޓަރު
 • ކެމެރާ
 • ކެމެރާގެ ބައިތައް
 • ކެމެރާ ލެންސް
 • ކެމްކޯޑަރ
 • ސެލްފީ ޕްރިންޓަރ

ސިމްޑީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުންފުނިން ޑެލިވަރީ ކުރަން ހަމަޖެހިފައިވާ ގަޑިތަކަކީ، ހެނދުނު 09:00 އިން ފެށިގެން ގޮސް ރޭގަނޑު 10:00 އަށެވެ. ކާޑުންނާއި ނަގުދު ފައިސާއިން ޕޭމަންޓްތައް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް