ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 16:40
ޗައިނާގެ ވުހާންގައި ކޮވިޑް-19 ވެކްސިން ވޮލަންޓިއަރަކަށް ދެނީ
ޗައިނާގެ ވުހާންގައި ކޮވިޑް-19 ވެކްސިން ވޮލަންޓިއަރަކަށް ދެނީ
ޗައިނާ ޑެއިލީ
ކޮވިޑް-19
ކޮވިޑް-19 ވެކްސިން ޗައިނާގައި ޓެސްޓް ކުރަން ފަށައިފި
 
ވެކްސިން ޓެސްޓް ކުރުމަށް ފުރަތަމަ ބެޗްގައި 108 ވޮލަންޓިއަރަކަށް ދޭނެ

ކޮވިޑް-19 އަށް ޗައިނާގައި ތައްޔާރު ކުރި ވެކްސިން ޓެސްޓް ކުރުމުގެ ގޮތުން އިންސާނުންނަށް ދޭން ފަށައިފިއެވެ.

ކޮވިޑް-19 ދުނިޔެއިން ފުރަތަމަ ފެނުނު ހުބެއި ޕްރޮވިންސްގެ ވުހާންގައި ވައިރަސް އަށް އުފެއްދި ވެކްސިން 108 ވޮލަންޓިއަރަކަށް ފުރަތަމަ ބުރުގައި ދިނުމަށް ހަމަ ޖެހިފައިވާ ކަމަށް ޗައިނާ ޑެއިލީގައި ރިޕޯޓް ކޮށްފައިވެއެވެ.

ވެކްސިންގ ޓެސްޓް ކުރުމަށް ވޮލަންޓިއަރުންގެ ގޮތުގައި ހޮވުނު 108 މީހުން ވުހާން އަށް އައިސްފައިވަނީ އަންގާރަ ދުވަހުއެވެ.

ވެކްސިންދޭ އެންމެންވެސް 14 ދުވަހުގެ މުއްދަތައް ކަރަންޓީން ކުރާގޮތައް ހަމަޖެހިފައިވާ ކަމުގައިވެސް ޗައިނާ ޑެއިލީން ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
1%
95%
0%
1%
0%
1%
ކޮމެންޓް