ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 17:53
އޮޑިއޯން އިގާލޯ
އޮޑިއޯން އިގާލޯ
ގެޓީ އިމޭޖަސް
އޮޑިއޯން އިގާލޯ
އިގާލޯގެ އެއްބަސްވުން ދާއިމީ ކުރަނީ: ރިޕޯޓް
 
ޔުނައިޓެޑާއެކު ހަދައިފައިވާ އެއްބަސްވުން ދާއިމީ ކުރުމަށް ބޭނުންވާ ކަމަށް އިގާލޯ ވަނީ މީގެ ކުރިން ބުނެފައި
 
ޔުނައިޓެޑުން އޮތީ އިގާލޯ ގަތުމަށް 15 މިލިއަން ޕައުންޑު ހަރަދުކުރުމަށް ތައްޔާރަށް

ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު ދިގުލައިދާތީ، ލޯނު އެއްބަސްވުމުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ގެނަސްފައިވާ ނައިޖީރިއާ ފޯވާޑް އޮޑިއޯން އިގާލޯގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑުން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި އެފްއޭއިން ކްލަބްތަކާއިއެކު، އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ވާހަކަ ދެކެވުނީ ސީޒަން ޖޫން މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށެވެ. އެކަމަކު ކޮވިޑް-19 ގެ މުއްދަތު ކޮންޓްރޯލްނުވެ ދިގުލައި ގޮސްފިނަމަ ސީޒަން ދިގުލައި ދިއުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަނީ ނައިޖީރިއާގެ ފޯވާޑް އިގާލޯ ގަންނަންށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ ޗައިނާގެ ޝަންހާއީއާއި އެކު އިގާލޯ ގަތުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުން އޮތީ އިގާލޯ ގަތުމަށް 15 މިލިއަން ޕައުންޑު ހަރަދުކުރުމަށް ތައްޔާރަށެވެ. އަދި ޔުނައިޓެޑާއިއެކު ހަދައިފައިވާ އެއްބަސްވުން ދާއިމީ ކުރުމަށް ބޭނުންވާކަމަށް އިގާލޯ ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑަށްވެސް ކުޅުނު އިގާލޯ އަކީ މިދިޔަ އަހަރު އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. 2014 އިން 2017 އަށް ވަޓްފޯޑުގެ ޖާޒީގައި އިގާލޯ ފެނިގެންދިޔައިރު، އޭނާ ވަނީ އެޓީމަށް 99 މެޗު ކުޅެދީ 39 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން އިގާލޯ ފެނިގެންދިޔައީ ޗައިނީސް ސުޕަ ލީގުންނެވެ. އެގޮތުން އިގާލޯ ވަނީ ޝަންހާއީ ޝެންހުއާއާއެކު މިދިޔަ އަހަރު ޗައިނީސް އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް