ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 14:56
ޕައޮލޯ މަލްޑިނީ
ގެޓީ އިމޭޖަސް
ކޮވިޑް-19
ހަފްތާއެއްގެ ތެރޭގައި ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން: މަލްޑިނީ
 
މަލްޑިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރީ ހޮނިހިރު ދުވަހު

ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުރި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ހާލު ރަނގަޅުކަމަށް ޕައޮލޯ މަލްޑިނީ ބުނެފިއެވެ.

މަލްޑިނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާ އާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި، އޭނާ އާއި އޭނާގެ ދަރިފުޅުގެ ސިއްހަތާއި މެދު ކަންބޮޑުވުންފާޅު ކުރި އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ. މީގެ އިތުރުން މަލްޑިނީ ބުނީ އޭނާ އާއި އޭނާގެ ދަރިފުޅު ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި މިބަލިން ސަލާމަތްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މަލްޑިނީ އިތުރަށްބުނީ ދުނިޔެއަށް ކުރިމަތިވެފައިވާ މިހާލަތުގައި އެންމެ ބޮޑު ހިތްވަރެއް އަދާ ކުރަމުން އަންނަނީ ޑޮކްޓަރުންނާއި ނަރުހުން ކަމަށާއި، އަދި ސިއްހީ މަސަކަތްތެރިންނާއި ސިވިލް ޕްރޮޓެކްޝަން އަދި ލޯ އެންފޯސްމަންޓް އޮފިސަރުން ކުރަމުން ގެންދާ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރުއަދާ ކުރާ ކަމަށް ވެސް މަލްޑިނީ ބުންޏެވެ.

މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާވެސް ވަނީ ދާދި ފަހުން މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިޓަލީގެ ގިނަ ކުޅުންތެރިންތަކެއް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، އިޓަލީގައި ކުރިޔަށްދާ ކުޅިވަރު ހަރަކާތްތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިޓަލީއިން މިހާތަނަށް 63،927 މީހުން ޕޮޒިޓިވްވެފައިވާއިރު މިބަލީގައި އެގައުމުން 6،077 މީހުން ވަނީ މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް