ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ކޮވިޑް-19

ކޮވިޑް-19: ޖުމްލަ މަރުވި މީހުންގެ އަދަދު 16578 އަށް އަރައިފި

  • މިހާތަނަށް 16،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައި

ދާނިޝް ނިޡާމް
Dhaanish_Nizam

ކ. މާލެ 24 މާރޗް 2020 | އަންގާރަ 13:52 4,053

ކޮވިޑް-19 ބައްޔަށް ފަރުވާދެނީ - ރޮއިޓަރސް

ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 16578 އަށް އަރައިފިއެވެ.

މި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ އެއްލައްކަ ފަސް ހާހަށްވުރެން މަތީގައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 385،177 ގައެވެ. ބަލީގައި މިހާތަނަށް މުޅި ޖުމްލަ 16600 އަށްވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯތުކޮށްފައިވެއެވެ. މިހާތަނަށް މި ބަލިން 105293 މީހުން ރަނގަޅުވެފައިވެއެވެ. ބަލި ޖެހުނު މީހުން އެންމެ ގިނައީ އަދިވެސް ޗައިނާގައެވެ. އެއީ 81177 މީހުންނެވެ. މިހާތަނަށް ޗައިނާ އިން މި ބަލީގައި 3277 އަށްވުރެން ގިނަ މީހުން މަރުވެފައިވެއެވެ. އަދި 73160 މީހުން ވަނީ ބަލީގައި މިހާތަނަށް ރަނގަޅުވެފައެވެ.

ދެވަނަ އަށް މި ބަލި އެންމެ ގިނައިން ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އިޓަލީއިންނެވެ. އެއީ 63927 މީހުންނަށްވުރެން ގިނައިންނެވެ. މި ބަލީގައި އެ ޤައުމުން 6،077 އަށްވުރެން ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު ބަލި ޖެހިގެން 7432 މީހުންނަށްވުރެން ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ތިންވަނައަށް އެންމެ ގިނައިން މި ބަލި ޖެހުނު ކަމަށް އެމެރިކާ އިން ރިޕޯޓްކޮށްފައިވާއިރު އެއީ 46418 އަށްވުރެން ގިނަ މީހުންނެވެ. އެ ޤައުމުގައި މި ބަލި ޖެހިގެން މިހާތަނަށް 593 މީހުން މަރުވެފައިވާއިރު ބަލީގައި ރަނގަޅުވި މީހުންގެ ނިސްބަތް ދަށް ކަމަށް ފާހަގަކުރެވެއެވެ. އެގޮތުން ބަލީގައި މިހާތަނަށް ރަނގަޅު ވެފައިވަނީ 333 މީހުންނެވެ.

ސްޕެއިންގައި 35212 މީހަކަށް ބަލިޖެހިފައިވާއިރު ބަލީގައި މަރުވެފައިވަނީ 2316 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 3،355 މީހުންނެވެ.

ޖަރުމަންވިލާތުން 32024 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 143 މީހަކު ވަނީ މަރުވެފައެވެ. އެ ޤައުމުގައި މިހާތަނަށް 3،203 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އީރާނަށް ބަލާލާއިރު އެޤައުމުން ވަނީ މިހާތަނަށް 23049 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އަދި 1812 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުގައި 8376 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް