ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ރެޑްވޭވް

ރެޑްވޭވް އިން ހުޅުމާލޭގައި ޑެލިވަރީގެ ޚިދުމަތް ފަށައިފި

  • މި ޚިދުމަތް ފަށާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 24 މާރޗް 2020 | އަންގާރަ 12:16 2,708

ރެޑްވޭވްގެ ފިހާރައެއް - ރެޑްވޭވް

ރެޑްވޭވުން ހުޅުމާލޭގައި ޑެލިވަރީގެ ޚިދުމަތް ފަށައިފިއެވެ.

ރެޑްވޭވުން މި ޚިދުމަތް ފަށާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ޚިދުމަތުގެ ދަށުން ރެޑްވޭވް އިން ވިއްކާ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންކުރާ މުދާ އޯޑަރުކުރުމުން ގެއަށް ޑެލިވަރީ ކޮށްދޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ.

ޑެލިވަރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 100 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ދިނުމަށް ހަމަޖެހިފައިވާއިރު ޚިދުމަތުގެ ދަށުން މުދާ އޯޑަރު ކުރުމަށްޓަކައި ވައިބަރ ކުރަންޖެހޭނީ 9165326 ނަންބަރަށް ކަމަށް ރެޑްވޭވުން ބުނެއެވެ.

އެ ނަންބަރަށް ފޮނުވާ މެސެޖުގައި ގަންނަން ބޭނުންވާ މުދަލާއި އެޑްރެސްގެ އިތުރުން ކަސްޓަމަރުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރަކާއި ފައިސާ ދައްކާގޮތް ވެސް ހިމަނަންވާނެ ކަމަށް ރެޑްވޭވުން މައުލޫމާތުދެއެވެ.

ޑެލިވަރީ ކޮށްދިނުމަށް ކަނޑައަޅާފައިވާ ވަގުތުތަކީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 10:00 އަކަށް ކަމަށާއި ރޭގަނޑު 10:00 ގެ ފަހުން ކުރާ އޯޑަރުތައް އަނެއް ދުވަހު ކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ޑެލިވަރީގެ ޚިދުމަތަށް އެދެން ޖެހޭ ގޮތް

ރެޑްވޭވުން އިތުރަށް ބުނީ ޑެލިވަރީގެ ޚިދުމަތް ދޭން ނިންމީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އާންމުން ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ރެޑްވޭވް އިން ބުނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށްޓަކައި މި ޚިދުމަތް މާލޭގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 މި ބަލިން ރައްކާތެރިވުމަށްޓަކައި އާންމުން ގޭގައި މަޑުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާންކުރި ފަހުން ގްރޭޓަރ މާލެ އެރީއާގައި ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހާ ތަންތަން ވަނީ އާންމުންނަށް ބަންދުކޮށްފައެވެ. މި ތަންތަން އާންމުންނަށް ބަންދުކުރި ނަމަވެސް އެ ތަންތަނުން ޑެލިވަރީ އާއި ޓޭކްއަވޭގެ ޚިދުމަތް ލިބިގެންދާނެއެވެ. އެފަދަ ވިޔަފާރީތަކުން ޑެލިވަރީގެ ޚިދުމަތް ތައާރަފުކުރަމުން އަންނައިރު ގިނަ ފިހާރަތަކުން ވެސް އަންނަނީ ޑެލިވަރީގެ ޚިދުމަތް ތައާރަފު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް