ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 07:30
ޔޫރޯ ޕްރޮމޯޝަން
ޔޫރޯ ޕްރޮމޯޝަން
ފޭސްބުކް
ކޮކާ ކޯލާ
ކޮވިޑް-19: ކޮކާ ކޯލާގެ ޔޫރޯ ޕްރޮމޯޝަން ހުއްޓާލައިފި
 
ޕްރޮމޯޝަން އަލުން ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވޭ

ކޮވިޑް-19 އާ ގުޅިގެން ޔޫރޯ ފުޓުބޯޅަ މުބާރާތް ފަސްކޮށްފައިވާތީ، އެ މުބާރާތަށް ހާއްސަކޮށްގެން ކޮކާ ކޯލާ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ހުއްޓާލައިފިއެވެ.

މިކަމާއި ގުޅިގެން ކޮކާ ކޯލާގެ ބުއިންތައް އުފައްދާ ކުންފުނި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އިން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތެއް ނެތް ގޮތަށް ޕްރޮމޯޝަން މެދުކަނޑާލާފައިވާ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން ދެން އިތުރު ނަސީބުވެރިން ނުހޮވާނެ ކަމަށެވެ. ނަމަވެސް އެހެން މިހާތަނަށް ގުރުއަތުން ހޮވިފައިވާ ފަރާތްތަކަށް ލިބުނު އިނާމުތައް ރައްދުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަން އަކީ ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން 10 ފަރާތަކަށް ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިޔުމުގެ ފުރުސަތާ، އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބޭ ގޮތަށް އޮތް ޕްރޮމޯޝަނެކެވެ.

ޔޫރޯ މުބާރާތުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު މި ޕްރޮމޯޝަން ހުއްޓާލިއިރު 6 ފަރާތަކަށް އޮތީ ލިބިފައެވެ. އަދި އެ ފުރުސަތު ލިބިފައިވާ ފަރާތްތަކާއި މަޝްވަރާކޮށްގެން ބަދަލެއް ދޭނެ ކަމަށް އެމްއޭޑަބްލިއުސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް