ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ސިއްހަތު - ކޮވިޑް-19

ކޮރޯނާވައިރަސް ވައިގެ ޒަރީއާ އިން ނުފެތުރޭ: ޑަބްލިޔު.އެޗް.އޯ

  • ކުރީގެ ދިރާސާތަކުން ހާމަވާ ގޮތުގައި ވައިގެ ތެރޭގައި ކޮވިޑް-19 މަރުނުވެ ދެތިން ގަޑީއިރު ހުރޭ

ރާއްޖެ އެމްވީ
raajjemv

ކ. މާލެ 23 މާރޗް 2020 | ހޯމަ 20:56 29,988

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ޓީމަކުން ޗައިނާގެ ބޮޒްހޫ ސަރަހައްދުގައި ބޭސް ޖަހަނީ - ގެޓީ އިމޭޖާސް

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ވައިގެ ތެރެއިން ނުފެތުރޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ބުނެފިއެވެ.

ޑަބްލިޔު.އެޗް.އޯ އިން މިހެން ބުނުމާއެކު ވައިގެ ޒަރީއާ އިން ބަލި ފެތުރޭ ކަމަށް ކުރިން ގަބޫލު ކުރެވިފައި އޮތް އޮތުމާ މެދު އިތުރު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އޭޝިއާ ޔުނިޓުން ހޯމަ ދުވަހު ހާމަ ކުރިކަމަށް އިންޑިއާ ޓީވީންބުނީ، ޗައިނާގެ އޮފިޝަލުން ވައިގެ ޒަރީއާއިން ކޮރޯނާވައިރަސް ފެތުރޭ ކަމަށް ކުރިން ބުނެފައިވާ ބުނުމަކީ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ފަދަ ބަންދުވެފައިވާ މާހައުލެއްގައި، ދިގު މުއްދަތަކަށް ވައިރަސް އަށް ހުށަހެޅިފައިވާ ހާލަތެއްގައި ދިމާވި ކަމެއް ކަމެއް ކަމަށް ބެލޭތީ، އިތުރު މައުލޫމާތު ލިބިގެން ނޫނީ ވައިގެ ޒަރީއާއިން ބަލި ފެތުރޭކަން ދެނެގަންނަން އަދި ނޭނގޭ ކަމަށެވެ.

ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ވައިގެ ތެރޭގައި ކޮރޯނޯވައިރަސް މަރުނުވެ، އެތައް ގަޑީއިރެއް ވަންދެން ހުރެއެވެ.

ސައިންޓިފިކް ދިރާސާތަކުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މަދުވެގެން ތިން ގަޑީއިރުވަންދެން ވައިގެ ތެރޭގައި އެއޮރޮސޯލްގެ ގޮތުގައި ކޮރޯނާވައިރަސް މަރުނުވެ ހުރެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބަލި ފެތުރުމުގެ ނުރައްކާ އޮންނަ ކަމަށްވެސް ދިރާސާތަކުގައި ފާހަގަކޮށްފައި ވެއެވެ.

ސައިންޓިފިކް ދުނިޔޭގައި ނަން ހިނގާ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވަނީ ވައިގެ ތެރޭގައި ޑްރޮޕްލެޓްގެ ގޮތުގައި ކޮރޯނާވައިރަސް ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު މަރު ނުވެ ހުންނަ ކަމަށެވެ.

ވައިގެ ޒަރީއާ އިން ކޮރޯނާވައިރަސް ނުފެތުރޭ ކަމަށް ޑަބްލިޔު.އެޗް.އޯ އިން ބުނެފައިވާ އިރު މި ބަލި ކޮންޓްރޯލް ނުވެ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަލުއި ކަމާއެކު ދަނީ ފެތުރެމުންނެވެ. ހޯމަ ދުވަހުގެ ނިޔަލަށް މި ބަލީގައި 15,400 މީހުން ދުނިޔެ ދޫކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް