ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ކޮވިޑް-19

ފޭނުންނަށް މިސާލު ދެއްކުމުގެ ގޮތުން ކެޓްރީނާ އާއި ވަރުން އަދި އަރުޖުން ވީޑިއޯ ކޯލްކޮށްފި

  • ކެޓްރީނާ ވަނީ ގޭގައި ހުރެގެން ކުރާނެ ކަސްރަތުތައްވެސް ފޭނުންނާ ހިއްސާކޮށްފައި
  • ފިލްމީ އިންޑަސްޓްރީގެ ގިނަ މަސައްކަތްތައް ވަނީ ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 23 މާރޗް 2020 | ހޯމަ 19:09 3,892

ކެޓްރީނާ ، އަރްޖުން އަދި ވަރުން އާއެކު ކުރި ވީޑިއޯ ކޯލްގެ ސްކްރީން ޝޮޓް - ބޮލީވުޑް ލައިފް

ހިންދީ ފިލްމުތަކަށާއި ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށްވެސް މިވަނީ ކޮވިޑް-19 ގެ އަސަރުކޮށްފަ އެވެ. މަރޗްމަހުގެ 31 ވަނަ ދުވަހާ ހަމައަށް އިންޑިޔާގެ މައި ސިޓީތައް ލޮކްޑައުން ކޮށްފައިވާއިރު ފިލްމުތައް އުފެއްދުމާއި ޓީވީ ޕްރޮޑަކްޝަންތައްވެސް ވަނީ މަރޗްމަހުގެ 31 ވަނަ ދުވަހާ ހަމައަށް މެދުކެނޑިފަ އެވެ. ބޮލީވުޑާއި އިންޑިއާގެ ޓީވީ ސީރީޒްތައް އުފެއްދުމުގައި ހަރަކާތްތެރިވާ މީހުންނަށްވެސް މިއަދު ޖެހިފައިވަނީ ގޭގައި ތިބޭށެވެ.

މުޅި ދުނިޔެ ގޭގައި ތިބުމަށް ގޮވާލަމުންދާއިރު ބޮލީވުޑްގެ ބައެއް ސްޓާރުން އަންނަނީ އެމީހުންގެ ފޭނުންނަށް އެކަމުގެ މިސާލު ދައްކަމުންނެވެ. އެގޮތުން ގޭގައި ތިބެގެން އެމީހުން ކުރަމުން އަންނަ ކަންކަމުގެ ވީޑިއޯތައް ސޯޝަލް މީޑިޔާއަށް ޕޯސްޓްކޮށް އެމީހުން އަންނަނީ ފޭނުންނަށް މެސެޖްތައް ފޯރުކޮށްދެމުންނެވެ. އޭގެ އެއް ތަރިއަކީ ކެޓްރީނާ ކައިފް އެވެ.

ކެޓްރީނާ އަންނަނީ މިދުވަސްވަރު ޖިމަށް ނުދެވޭތީ ގޭގައި ހުރެގެން ކަސްރަތު ކުރާނެގޮތް ކިޔައިދެމުން ސޯޝަލް މީޑީޔާއަށް ޕޯސްޓްކުރަމުންނެވެ. މީގެއިތުރުން އޭނާގެ އެންމެ ގާތް ރަހުމަތްތެރިން އަދި ބޮލީވުޑްގެ ސްޓާރުންކަމަށްވާ ވަރުން ދަވަން އާއި އަރްޖުން ކަޕޫރު އަށް ވީޑިއޯ ކޯލް ކުރުމަށްފަހު ކެޓްރީނާ ވަނީ ސްކްރީން ޝޮޓް ސޯޝަލް މީޑިޔާއަށް ދޫކޮށްލާފަ އެވެ.

އިންސްޓަރގްރާމްގައިކޮށްފައިވާ ޕޯސްޓްގައި ކެޓްރީނާ ބުނެފައިވަނީ އައު ގޮތަކަށް ގުޅުނީކަމަށް ބުނެފަ އެވެ. އަދި ސްޓޭހޯމް، ސެލްފްކަރަންޓީނު ފަދަ ހޭޝްޓެގް ކެޓްރީނާ ވަނީ ބޭނުންކޮށްފަ އެވެ.

މިތަރިންގެ މަސައްކަތްތަކަށް ބަލާލާއިރު ކެޓްރީނާ ދެން އެންމެ އަވަހަށް ފެންނިގެންދާނެ ފިލްމު ވަނީ ކޮވިޑް-19 އާ ގުޅިގެން އެޅުވުން ލަސްކޮށްފަ އެވެ. އަކްޝޭ ކުމާރު އާއެކު ކުޅެފައިވާ ސޫރީޔަވަންޝި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރޯހިތު ޝެޓީ އެވެ.

އަރުޖުން މިވަގުތު އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އޭގެތެރެއިން އެއް ފިލްމުކަމަށްވާ ޕަރްނީތީ ޗޮޕްރާ އާއެކު ކުޅެފައިވާ ވަން އިޒް ސަންދީޕް އޯރ ޕިންކީ ފަރާރުވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން އެޅުވުން ލަސްކޮށްފަ އެވެ.

ވަރުން ދަވަން ދެން އެންމެ އަވަހަށް ފެނިގެންދާނީ ކޫލީ ނަންބަރ 1 އިންނެވެ. އެއީ ސާރާ އަލީ ޚާން އާއި ޑޭވިޑް ދަވަން އާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

އެންމެ ފަހުގެ

ކޮމެންޓް