ކ. މާލެ
|
23 މާރޗް 2020 | ހޯމަ 18:13
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ސްޕެނިޝް ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
 
ކުރިން ރޭވިފައި އޮތީ އޭޕްރީލް 23 ގައި ލީގުގެ ކުޅުން ފެށުމަށް

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑައިލާފައިވާ ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ކުރިން ރޭވިފައި އޮތް ގޮތުން ނަމަ ސްޕެނިޝް ލީގު ފަށަން ނިންމާފައި އޮތީ އޭޕްރީލް 23 ވަނަ ދުވަހު އެވެ.

އެކަމަކު ހޯމަ ދުވަހު ވަނީ ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލީގު ފެށުން އަނެއްކާވެސް ފަސްކުރީ ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނާއި އެލްއެފްޕީއޭއިން އިމްތިފާގުވުމުންނެވެ. އަދި ލީގުގެ މެޗުތައް ދެން ފަށާނެ ތާރީޚެއް ކަނޑައަޅާނ ސަރުކާރުން ވަކި ގޮތެއް އެންގުމުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ކުރިން ނިންމި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން ހޫނު މޫސުމުގައި ލީގުގެ ކުޅުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

ސްޕެއިންގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް 33،000 އަށްވުރެ ގިނަ މީހުންނަށް އެ ގައުމުން ވަނީ މި ވައިރަސް ޖެހިފައެވެ. އަދި މި ވައިރަސް ޖެހިގެން ސްޕެއިނުން 2،200 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ޔޫރަޕްގެ އެންމެ މަގުބޫލް ފަސް ލީގުގެ ކުޅުން ވަނީ މެދުކަނދާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ވެސް ވަނީ ހުއްޓާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް