ކ. މާލެ
|
23 މާރޗް 2020 | ހޯމަ 15:34
ބާސާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން
ބާސާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން
ގެޓީ އިމޭޖަސް
އެންޓޮއިން ގްރީޒްމަން
ބާސާއިން ގްރީޒްމަން ވިއްކާލަނީ
 
ބާސާއިން އޭނާ ވިއްކާލަން މަސައްކަތް ކުރަނީ 100 މިލިއަން ޔޫރޯ އަށް
 
ބާސާއަށް ބަދަލުވުމަށްފަހު ގްރީޒްމަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ

ކުރިއަށް އޮތް ހޫނު މޫސުމުގައި ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ވިއްކާލަން ބާސެލޯނާއިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގައި ކުރީގެ ކްލަބު އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 120 މިލިއަން ޔޫރޯ ބާސާއިން ދެއްކުމުންނެވެ. އޭނާ ބާސާއާ އެކު ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރިއިރު، އެ އެއްބަސްވުން ހަމަވާނީ 2024 ގައެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ބާސާއަށް ކުޅެދިން 37 މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ 14 ލަނޑެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގައި ގްރީޒްމަން ވިއްކާލަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބާސާއިން އޭނާ ވިއްކާލަން މަސައްކަތް ކުރަނީ 100 މިލިއަން ޔޫރޯ އަށެވެ. އަދި ގްރީޒްމަން ގެންދިޔުމަށް މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، އާސެނަލް އަދި ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރި އެވެ. އަދި އޭނާ އަކީ މިދިޔަ ފަސް ސީޒަނުގައި ވެސް އެތުލެޓިކޯ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

އަދި ގްރީޒްމަން ވަނީ ފްރާންސާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
39%
33%
11%
0%
0%
17%
ކޮމެންޓް