ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - ލުއިސް ސުއަރޭޒް

ސުއަރޭޒްގެ އަނިޔާ ހީކުރިވަރަށްވުރެ އަވަހަށް ރަނގަޅުވާނެ: ރިޕޯޓް

  • ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސުއަރޭޒް ވަނީ އޮޕަރޭޝަން ކޮށްފައި

އަތޫފް އާތިފް
AthifAthoof

ކ. މާލެ 22 މާރޗް 2020 | އާދީއްތަ 19:25 2,629

ލުއިސް ސުއަރޭޒް - ގެޓީއިމޭޖަސް

ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި މިހާރުހުރި ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒްގެ އަނިޔާ ހީކުރިވަރަށްވުރެ އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ސުއަރޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮޕަރޭޝަނެއްކޮށްފައިވާއިރު އެ އޮޕަރޭޝަނަށްފަހު ބާސެލޯނާއިން ބުނީ ސުއަރޭޒް އަށް އެނބުރި ކުޅުމާއި ބައިވެރިވެވޭނީ ހަ ހަފްތާ ފަހުން ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިހާރު މެދު ކަނޑާލާފައިވާ ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފަށާއިރު ސުއަރޭޒް ބާސެލޯނާގެ ސްކޮޑުގައި ހިމަނާނެ ކަމަށާއި އަދި ސުއަރޭޒްގެ އަނިޔާ ހީކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނީ އޭނާގެ އަނިޔާ ހީކުރިވަރަށް ވުރެ އަވަހަށް ރަނގަޅުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަދި މޭ މަހުގެ ކުރިން އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސުއަރޭޒް އެންމެ ފަހުން ބާސެލޯނާއަށް ކުޅެދިން މެޗަކީ ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ބާސެލޯނާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

ސުއަރޭޒް އަށް އަނިޔާވުމުގެ ސަބަބުން ބާސެލޯނާއިން ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި އިތުރު ފޯވާޑެއް ގެންނާނެ ކަމަށް ކުރިން ބެލެވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް