ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ރިޕޯޓު - ކޮވިޑް-19

ކޮވިޑް-19: ފާއިތުވި 2 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 41،000 އަށް، މަރުވި މީހުންގެ އަދަދު 10،000 އަށް

  • ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 300،000 އަށްވުރެ މައްޗަށް އަރާފައި

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 22 މާރޗް 2020 | އާދީއްތަ 19:42 7,145

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންތަކަކަށް ފަރުވާ ދެނީ - ރޮއިޓަރސް

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 300،000 އަށް މިވަނީ އަރާފައެވެ. އަދި ފާއިތުވި ދެ ދުވަސް ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު 41،000 އަށް އަރަފައިވާ އިރު މަރުވި މީހުންގެ އަދަދު ވަނީ 10،000 އަށްވުރެ މައްޗަށް އަރާފައެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 20 ވަނަ ދުވަހު ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 275،597 އެވެ. އަދި މަރުވި މީހުންގެ އަދަދަކީ 11،387 އެވެ. ނަމަވެސް މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. 21 ވަނަ ދުވަހު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 305،036 އަށް އަރާފައެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާ ބަލާއިރު 29،439 މީހުން އިތުރު އަދަދެކެވެ. މަރުވި މީހުންގެ ނިސްބަތް 21 ވަނަ ދުވަހު ހުރީ 13،013 ގައެވެ. މިއީ 1626 މީހުން އިތުރު އަދަދެކެވެ.

22 ވަނަ ދުވަހުގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، 317،298 މީހުންނަށް ބަލިޖެހިފައިވާ އިރު މިއީ އޭގެ ކުރީ ދުވަހަ އަޅާ ބަލާއިރު 12،262 މީހުން އިތުރު އަދަދެކެވެ. އަދި މަރުވި މީހުންގެ އަދަދަށް ބަލާއިރު 22 ވަނަ ދުވަހުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ކުރީ ދުވަހާ އަޅާ ބަލާއިރު 629 މީހުން 22 ވަނަ ދުވަހު އެކަނި މަރުވެފައިވެއެވެ.

މި ހިސާބުތަކުން ދައްކާ ގޮތުން ބަލި ޖެހުނު މީހުންގެ އަދަދު އަދިވެސް އެންމެ ގިނައީ ޗައިނާގައެވެ. ޗައިނާއިން ބަލިޖެހުނު މީހުންގެ އަދަދު އުޅެނީ 81،054 ގައެވެ. 22 ވަނަ ދުވަހު މަރުވި މީހުންގެ އާ ކޭސްގެ ގޮތުގައި 6 ކޭސް ރިޕޯޓް ކޮށްފައިވާ އިރު މިހާތަނަށް 3261 މީހަކު އެގައުމުން މަރުވެފައިވެއެވެ. އާ ކޭސްގެ ގޮތުގައި 46 ކޭސްއެއް 22 ވަނަ ދުވަހު ޗައިނާއިން ވަނީ ރިޕޯޓު ކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ އިޓަލީންނެވެ. އިޓަލީން މިހާތަނަށް 53,578 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް 4,825 މީހަކު އެގައުމުން މަރުވެފައިވާ އިރު 21 ވަނަ ދުވަހު އެކަނި ވެސް އެގައުމުން ވަނީ 6557 އާ ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މަރުވި 21 ވަނަ ދުވަހު އެގައުމުން ވަނީ 793 މީހަކު ބަލީގައި މަރުވެފައެވެ. ބަލިން މިހާތަނަށް އިޓަލީން ރަނގަޅުވެފައިވަނީ 6,072 މީހުންނެވެ.

ސްޕެއިންއަށް ބަލާލާއިރު މިހާތަނަށް އެގައުމުން ވަނީ 28,572 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. 22 ވަނަ ދުވަހު އެގައުމުން 3,076 އާ ކޭސް ރިޕޯޓް ކޮށްފައިވާ އިރު އަލަށް މަރުވި މީހުންގެ އަދަދު އުޅެނީ 344 ގައެވެ. މިއީ 21 ވަނަ ދުވަހާ އަޅާ ބަލާއިރު 56 ކޭސް އިތުރު އަދަދެކެވެ. މިހާތަނަށް ސްޕެއިން އިން އެކަނި ވެސް ވަނީ 1,725 މީހަކު މަރުވެފައެވެ.

ކޮވިޑް-19 ގެ ލިސްޓްގެ 4 ވަނައިގައި 26,908 ޕޮޒިޓިވް ކޭސްއާއެކު އުޅެނީ އެމެރިކާއެވެ. އެމެރިކާގައި މިހާތަނަށް 348 މީހަކު ވަނީ މަރުވެފައެވެ. އަދި 21 ވަނަ ދުވަހު އަލަށް ޕޮޒިޓިވް މީހުންގެ އަދަދު 4,824 އަރާފައިވާ އިރު 22 ވަނަ ދުވަހު އެކަނި ވެސް އެގައުމުން ވަނީ 2,701 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޖަރުމަންވިލާތުން މިހާތަނަށް 23,129 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 93 މީހަކު އެގައުމުން މަރުވެފައިވާ އިރު، 22 ވަނަ ދުވަހު ވަނީ 9 މީހަކު އަލަށް މަރުވެފައިވާ ކަން ހަމަކޮށްފައެވެ. 20 ވަނަ ދުވަހު އެކަނި ވެސް އެގައުމުން 2,516 މީހަކު ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

އެންމެ ފަހުގެ

ކޮމެންޓް