ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 17:17
ސޯނަމް ކަޕޫރު
ސޯނަމް ކަޕޫރު
ބޮލީވުޑް ހަންގާމާ
ބޮލީވުޑް
ސޯނަމް ކަޕޫރު މާބަނޑު؟
 
ސޯނަމް ފެނިގެންދަނީ ހުދުކުލައިގެ ގަޔަށް ދޫކޮށްހުރި ހެދުމެއްގައި

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ ލަންޑަނުން އެނބުރި އިންޑިއާއަށް އައުމަށްފަހު ދެމަފިރިން މިވަގުތު ތިބީ ސެލްފް އައިސޮލޭޝަންގައެވެ.

މި ދެމަފިރިން ސެލްފް ކަރަންޓީންގައި ތިބެ ނަގާފައިވާ ވީޑީއޯއެއްވަނީ ވައިރަލްވެ އެންމެންގެ ސަމާލުކަން އެ ވީޑިއޯއަށް ވަނީ ލިބިގެން ގޮސްފައެވެ.

އިންޓަނެޓްގައި ދައުރުވަމުންދާ އެ ވީޑިއޯގައި ފެނިގެންދަނީ ސޯނަމް އޭނާ ހުރި ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓި ހުރެ އެ އިމާރާތުގެ ތިރީގައި ހުރީ އޭނާގެ މައިދައިތަ އާއި އަތުގެ އިޝާރާތުން ވާހަކަ ދައްކާ މަންޒަރެވެ.

އެވީޑިއޯގައި ސޯނަމް ލާފައިހުރި ހެދުމުންނާއި އަތުގެ އިޝާރާތުން މައިދައިތަ ސޯނަމް އާއި ދައްކަމުން ދިޔަ ވާހަކަތަކުން އޭނާ މާބަނޑު ކަމުގެ އަޑުތަކެއް ވަނީ ފެތުރިގެން ގޮސްފައެވެ.

އެ ވީޑިއޯގައި ސޯނަމް ފެނިގެންދަނީ ހުދުކުލައިގެ ގަޔަށް ދޫކޮށް މޭދަށަށް ރޫޖައްސާފައި ހުރި ކުރު ޓޮޕަކާއި ހުދު ހަރުވާޅެއްގައެވެ.

ކޮންމެ އަކަސް ސޯނަމްގެ އާއިލާއާއި ގާތް މަސްދަރަކުން ސޯނަމް މާބަނޑު ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. މިފަދަ ހަޤީގަތެއް ނެތް ޚަބަރުތައް ފެތުރުމުގެ ކުރިން ހަޤީގަތް އޮޅުން ފިލުވުމަށް އެމީހުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
11%
0%
0%
89%
0%
ކޮމެންޓް