ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 13:03
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އެޕްލިކޭޝަން
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އެޕްލިކޭޝަން
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
މިހާރު ގޭގައި ތިބިގެން އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކޮށްލެވޭނެ: ބީއެމްއެލް
 
މި ބަދަލު ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު

ގޭގައި ތިބިގެން އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

މިހާތަނަށް އިންޓަރނެޓް ބޭންކިންގ އަށް އެދި ހުށަހެޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ ބޭންކުގެ ބްރާންޗަކަށެވެ. އަދި މިދިޔަ ބްރާސްފަތި ދުވަހު ބޭންކުން ގެނައި މި ބަދަލަށް ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް ބޭންކުން ބުނެއެވެ.

އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކުރާނެ ގޮތް

  1. އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރައްވާ
  2. އެޕްލިކޭޝަން ފޯމު ފުރިހަ މަފުރުއްވާ
  3. ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު [email protected] އަށް އީމެއިލް ކޮށްލައްވާ

ބެލެންސް ޗެކްކުރުން

އެކައުންޓާއި ކާޑުގެ ބެލެންސް ބަލާލުން

އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރުން

ފައިސާދެއްކުން

އަމިއްލަ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން

އެހެން ފަރާތެއްގެ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން

ޓްރާންސްފަރކުރުން

އަމިއްލަ އެކައުންޓްތަކަށް ފައިސާ ފޮނުވުން

އެހެން ފަރާތެއްގެ އެކައުންޓަކަށް ފައިސާ ފޮނުވުން. މިގޮތުން ބީއެމްއެލް، ރާއްޖޭގައި ހުންނަ އެހެން ބޭންކެއް ނުވަތަ ރާއްޖެއިން ބޭރު ބޭންކެއްގެ އެކައުންޓަކަށް ފައިސާ ފޮނުވާލެވޭނެ

ބޭންކުގެ ޚިދުމަތްތަކަށް އެދިހުށަހެޅުން

އިތުުރު އެކައުންޓެއް ހުޅުވުން

ޑެބިޓް ނުވަތަ ކްރެޑިޓް ކާޑަށް އެދި ހުށަހެޅުން

ލުއި ލޯނަށް އެދި ހުށަހެޅުން

ޕަރސަނަލް އިންފޮމޭޝަން އަޕްޑޭޓްކުރުން

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.

މި ހިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެ އެވެ. ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަކެވެ.

Advertisement
4%
79%
0%
7%
3%
7%
ކޮމެންޓް
17 މެއި 2020 | އާދީއްތަ 00:41
ކީކޭ ދެން ބުނާނީ
ބްރާންޗަކަށް ގޮސްގެންނޭ އެންގީ އެކަން ވާނީ. ލޮކް ޑައުން ކުރި ފަހުންވެސް ތިޔަ ކަމެއް ނުކޮށްދީގެން މިއުޅެނީ
17 މެއި 2020 | އާދީއްތަ 00:38
ޢޯކޭ
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 7 ވަރަކަށް ފޯރމް ފޮނުވިއްޖެ. އިންޓަރނެޓް ބޭންކިން ޚިދުމަތް ލިބޭގޮތެއް ނުވެފަ މިހުންނަނީ. ހަފްތާއްކު އެއްފަހަރު ރޮއި އާދޭސް ވެސް އެބަކުރަން... ބީ.އެމް.އެލް ބިޒީކަމުން ދުވަސްތަކެއް ނަގާނެ ކަމަށް އަންގަނީ.
17 މެއި 2020 | އާދީއްތަ 00:38
ޢޯކޭ
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 7 ވަރަކަށް ފޯރމް ފޮނުވިއްޖެ. އިންޓަރނެޓް ބޭންކިން ޚިދުމަތް ލިބޭގޮތެއް ނުވެފަ މިހުންނަނީ. ހަފްތާއްކު އެއްފަހަރު ރޮއި އާދޭސް ވެސް އެބަކުރަން... ބީ.އެމް.އެލް ބިޒީކަމުން ދުވަސްތަކެއް ނަގާނެ ކަމަށް އަންގަނީ.
14 މެއި 2020 | ބުރާސްފަތި 01:27
ޢައިޝާ
ފޮނި ކަނޑާނެ ކަމެއް ނެތް. ފޯރމް ފުރާ ފަ ދެ ފަހަރު ފޮނުވީމަވެސް ރިޖެކްޓް. ސޮއި ދިމާނުވެޔޯ. ޢެގެންވާނެ ދޯ މުސްކުޅިން ލައްވާ ފޯނުން ސޮއިކުރަންވީމަ ކުޑަތަ ފާތެއް އައިސްދާނެކަން. ގުޅައިގެން ވެރި ފައި ކުރަންވީނު. 3 މަސް މިވަނީ ބޭންކު ނެތް ރަށްތަކުގެ މުސްކުޅިންނަށް ފައިސާ ނުނެގޭތާ. ބޭންކުން ވެއްޖެއެންނު މިކަމަށް ހައްލެއް ގެންނަން. ޢަދިވެސް ފޮނި ކެނޑޭތޯ ބަލާތި.
13 މެއި 2020 | ބުދަ 18:14
އަލީ
ފިންގާޕުރިންޓު ބެންކައް ދީ ފަ ތިބި ކަސްޓަމަރުންނަކައް ރަޖިސްޓުރީއެއް ނުކުރެވޭ
23 މާރޗް 2020 | ހޯމަ 00:31
ފަފަފ ފަރުވާ
ހެނުވާނެ ރައްޔަތުންނޭ ބީއެމްއެލްގެ އެއްވެސްޚިދުމަތަކައް އެދޭކައްނުވާނެ ދިރިހުއްޓާމަރު. ނޫނީ ފޮޓޯއާއިއެކް ފިލާގެންއުޅޭ މީހެއްގެގޮތުގައި މީޑިއާ ޓީވީ ރޭޑިއޯ އިއލާންކުރުވާ ފަޓުލޫނު ބާލުވާނެ.