ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ރިޕޯޓު - ކޮވިޑް-19: އިޓަލީ

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

  • މިވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ އިޓަލީގައި
  • ގައުމު އޮތީ ލޮކްޑައުންގައި
  • އާންމުންގެ ގިނަ ބަޔަކު ބަލީގައި ދަނީ މަރުވަމުން

އަމްނާ އިމާދު
amnabinthimad

ކ. މާލެ 22 މާރޗް 2020 | އާދީއްތަ 13:26 1,458

ތެލިތައް ބޭނުންކޮށްގެން ލަވަ ކިޔަނީ - މެޓްރޯ

ކޮވިޑް-19 ހަލުވިކަމާއެކު ދުނިޔޭގެ ހުރިހާ ބައްރަކަށް ދަނީ ފެތުރެމުންނެވެ. ކޮންމެ ދުވަހަކު ކޮންމެ ސިކުންތަކު މިބަލީގެ ޝިކާރައަކަށްވާ އެތައް ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔަވަމުންދާއިރު، މިވައިރަސްގެ ބިރުވެރިކަމުން ރައްކާތެރިވުމަށް އެކި ގައުމުތަކުން ދަނީ ތަފާތު އެކިފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ދުނިޔޭގެ އެކި ގައުމުތައް މިވަނީ ލޮކްޑައުންކޮށްފައެވެ. އަދި ބައެއް ގައުމުތައް ކުރިއަށް އޮތްތަނުގައި ލޮކްޑައުން ކުރާނެކަން ވެސް އިއުލާންކޮށްފައިވެއެވެ. މިގޮތަށް ލޮކްޑައުން ކުރުމުން އާންމުން އެއްވެއުޅުމާއި، ކެފޭތަކާއި، ފިހާރަތަކާއި، އަދި ބޭރުގައި އުޅުން އާންމުފަރުދުންނައް މަނާވެއެވެ. އަދި މިނޫން ގޮތްގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއެކު ހަރުކަށި އަދަބުތައްދެއެވެ.

މިއީ މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅޭ އެންމެ ވަރުގަދަ މުހިންމު އެއް ފިޔަވަޅެވެ. ދުނިޔޭގެ މިހާރުގެ ހާލަތަށްބަލާއިރު، އިޓަލީއަކީ މިހާރު މިވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ގައުމެވެ. އަދި އާބާދީގެ ކޮންމެ އެއް މިލިއަން މީހުންގެ ތެރެއިން 679 މީހުންނަށް ވައިރަސް ވަނީ ޖެހިފައެވެ.

އިޓަލީގައި ވައިރަސް ކޮންޓްރޯލް ނުކުރެވޭ

މިއީ މުޅި ދުނިޔެއަށް ބަލާއިރު ރެކޯޑް އަދަދެކެވެ. މިހާރު އިޓަލީމިވަނީ ' ލޮކްޑައުން ' ކޮށްފައެވެ. މިނިވަން ކަންމަތީ ދިރިއުޅެމުން ދިޔަ އިޓަލީގެ ރައްޔިތުން މިއަދު މިވަނީ ގޭގައި ތިބުމަށް މަޖުބޫރުވެފައެވެ. ކާރުބާރުބޮޑު މިގައުމުގެ މަގުތައް ފަޅުވެފައިވާއިރު، މިއީ ބަލާލަން ހިތްދަތި މަންޒަރުތަކެކެވެ.

އިޓަލީގެ ހުރިހާ ސިޓީއެއް ވަނީ ފަޅުވެފައި

އިޓަލީ އަމާން މަންޒިލަކަށް ގެންދިއުމަށް ސަރުކާރުގެ އިތުރުން އެގައުމުގެ ރައްޔިތުން ބުރަ މަސައްކަތްތައް ކުރެއެވެ. އެގޮތުން މާޔޫސްވެ، މުޅި ގައުމު އަނދިރިވެފައިވާ މިދަނޑިވަޅުގައި އިޓަލީގެ ފަޅުކަންފިލުވަމުން އެދަނީ ތަފާތު ކަންތައްތަކެއް ކުރަމުންނެވެ.

އިޓަލީގެ އަންހެނެއް ލަވަކިޔުމުގައި ހަރަކާތްތެރިވަނީ

އެގޮތުން އެގައުމުގެ ރައްޔިތުން ދަނީ ގޭގެ ބަދިގޭގައި ގެންގުޅޭ ސާމާނު ބޭނުން ކޮށްގެން ލަވަތައް ކިޔަމުންނެވެ. ރެޔާއިދުވާލު ކުޑަދޮރުތަކާއި، ބެލްކަނިތަކުން އިވެމުންދަނީ މިއަޑެވެ. މި ލަވަތަކުން އެއްބަޔަކު އަނެއްބަޔަކަށް ހިތްވަރުދީ ފަޅުވެފައިވާ މަގުތަކަށް ދިރުންދެމުންނެވެ. އެމީހަކަށް ވީވަރަކުން އަނެކާގެ ހިތަށް އުފާވެރިކަން ގެނެސް ދެމުންނެވެ. މިކަން ކުރަމުން ދަނީ ކުދިބޮޑު އެންމެން އެކުގައެވެ.

ލަވަކިއުމުގެ މިހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވޭ

ދިމާވެފައިވާ ބިރުވެރިކަމުގަ ވެސް ޖެހިގެންހުރި ގޭގެ ބެލްކަނިން ނިކުމެހުރި ތުއްތުކުއްޖާގެ މޫނުމަތިން އުފާވެރިކަން ގެނެސްދިނުމުގެ ނިޔަތުގައެވެ. މާޔޫސް ވެފަތިބި އެތަކެއް ރައްޔިތުންތަކެއް އެދަނީ ހިނިތުން ވަމުންނެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރުއަދާކޮށް ލަވަތައް ހަދާ ކިޔަމުންނެވެ. ގައުމެއްގެ އެއްބައިވަންތަކަން ދައްކުވައިދެމުންނެވެ.

ލަވަ ކިޔުމުގެ މިހަރަކާތަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައި

އިޓަލީން މިދައްކަމުންދާ ނަމޫނާ މިއަދު ކޮވިޑް-19 ޝިކާރައަށް ވަމުންދާ އެތަކެއް ގައުމުތަކުން މިދަނީ މިސާލު ނަގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

އެންމެ ފަހުގެ

ކޮމެންޓް