ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 03:00
ވިލާ ރިސޯޓްސްއިން ހިންގާ ފަން އައިލެންޑް: ރަށް މިހާރު ބޭނުންކުރެވެމުން ދަނީ ކަރަންޓީން ފެސިލިޓީއަކަށް
ވިލާ ރިސޯޓްސްއިން ހިންގާ ފަން އައިލެންޑް: ރަށް މިހާރު ބޭނުންކުރެވެމުން ދަނީ ކަރަންޓީން ފެސިލިޓީއަކަށް
ބުކިންގ.ކޮމް
ފަން އައިލެންޑް ކަރަންޓީން ފެސިލިޓީ
ކަރަންޓީނުގައި ހުރި ދިވެއްސެއްގެ ވާހަކަ: ފަތުރުވެރިންނާ އެއްފެންވަރުގެ ހިދުމަތް ލިބޭ
 
މިވަރުގެ ކަރަންޓީން ފެސިލިޓީއެއް ދުނިޔޭގައި ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ
 
ސަރުކާރާއި ކަމާއިބެހޭ އިދާރަތަކަށް އެއްބާރުލުންދޭން ގޮވާލި
 
އިންތިޒާމްތައް ވަރަށް ފުރިހަމަ

ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރި، އެންމެން އަވަސްވެގަތީ އެބަޔެއްގެ ވަޒަނަށް އަނބުރާ ދިއުމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދިރިއުޅެމުންދިޔަ ދިވެހިން ހިމެނެއެވެ. ކިޔަވާ ކުދިންނާއި، ވިޔަފާރިވެރިންނާއި ބައެއް ގައުމުތަކުގައި ވަޒަންވެރިވެގެން ތިބީ ދިވެހިން މީގެ ތެރޭގައި ހިމެނެއެވެ.

ކަންދިމާކުރިގޮތުން، ރާއްޖެއަށް އައުން މަނާކުރެވިފައިވާ ގައުމުތަކުން އަންނަ ދިވެހިންނަށް ޖެހުނީ ކަރަންޓީނުގައި ތިބެންށެވެ. އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ. އަދި މި ދަނޑިވަޅުގައި އުނދަގޫވީ ނަމަވެސް، އެއީ އެންމެ ރައްކާތެރި ގޮތް ކަމުގައި ގިނަ ބަޔަކު ބަލައިގަނެ، އެވެރިން ތިބީ އެއްވެސް ޝަކުވާއެއް ނުކޮށް އެންގި ގޮތަށް ކަރަންޓީނުގައެވެ.

މިހެން ރާއްޖެ އައިސް ކަރަންޓީނުގައި ހުރި ދިވެއްސަކު ވަނީ ރާއްޖެއެމްވީއާ އެފަރާތުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އޭނާއަކީ އާއިލާއާ ގާތްތިމާގެ މީހުންނާ ބައްދަލުކުރުމަށް އިނގިރޭސިވިލާތަށް ގޮސް، މާޗް 20 ވަނަ ދުވަހު ގައުމަށް އަނބުރާ އައި ދިވެއްސެކެވެ.

އިނގިރޭސިވިލާތުގައި ދެ ހަފުތާ ހޭދަކުރުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަން ނިންމި ސަބަބު ކިޔައިދެމުން، އެ ފަރާތުން ބުނީ އަނބުރާ އައީ ޓްރެވަލް އިންޝުއަރަންސް ހަމަވުމާއި ގުޅިގެން ކަމަށެވެ. އަދި މި ބަލިމަޑުކަމާއި ގުޅިގެން، އިންޝުއަރަންސް އައު ކުރެވޭނެ މަގެއް ނެތްކަމަށް ބުންޏެވެ.

ރާއްޖެއަށް އަނބުރާ އަައުމާއެކު، ހެލްތް ޑިކްލަރޭޝަން ކާޑު ހަވާލުކުރުމަށް އިމިގްރޭޝަނުން އެންގިއެވެ. އަދި ދިޔައީ ކޮން ސަރަހައްދުތަކަކައްތޯ ސުވާލުކުރިއެވެ. ޖަވާބުގައި، ޝެފީލްޑްއަށާއި، ވޭލްސް ދިޔަ މައުލޫމާތު ހިއްސާކުރިއެވެ. މި މައުލޫމާތުތައް ހިއްސާކުރުމުން، އެޗްޕީއޭއިން ބަލާ އަންނަންދެން މަޑުކުރަން އެންގިއެވެ.

މާ ގިނަ އިރެއް ނުވެ، އެޗްޕީއޭއިން އައިސް ބޭނުންވާ މައުލޫމާތުތައް އޮޅުންފިލުވުމަށް ފަހު، ޑޮކްޓަރެއް ލައްވާ ޗެކްއަޕެއް ހެދިއެވެ. ބަލީގެ އަލާމާތެއް ހުރިތޯ ބެލުމަށާއި، އެހެނިހެން މައުލޫމާތު އޮޅުން ފިލުވުމަށެވެ. މައުލޫމާތުތައް އޮޅުންފިލުވުމަށްފަހު، ކަރަންޓީނަށް ފަން އައިލެންޑަކަށް ފޮނުވާލެވޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ފޯމެއްގައި ސޮއިކުރުމަށްފަހު ފަން އައިލެންޑަށް ދިއުމުގެ ދަތުރު ފެށިއެވެ.

އެދުނީ އެއްމެ ކަމަކަށް. އާއިލާ އެކުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދޭން

ކަރަންޓީނަށް ފަން އައިލެންޑަށް ދާން ބުނުމުން، އެ ފަރާތުން އެދުނީ އެއްމެ ކަމަކަށެވެ. އަނބިމީހާ އާއި ދަރިފުޅާ އެކުގައި އެއް ކޮޓަރިއެއްގައި ނިދޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ. އަދި އެކަން އެގޮތަށް ވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ލަގެޖް ކްލިއަރ ކޮށްދިނުމާއި ޓްރާންސްފަރ ލޯންޗު އަންނަންދެން ހުރިހާ ކަމެއް ބެލެހެއްޓީ ކަސްޓަމްސްގެ މުވައްޒަފުންނާއި އެޗްޕީއޭގެ މުވައްޒަފުންނެވެ. އަދަބުވެރިކަމާއި އޯގާތެރިކަމާއެކު އެ ހުރިހާ ވަގުތެއްގައި އެ މީހުންނާމެދު އަމަލުކުރި ކަމަށް އޭނާ ބުންޏެވެ.

ފްލައިޓުން ފޭބިތާ ދެގަޑިއިރު ވާން ކައިރިވެފައި ވަނިކޮށް، އެ އާއިލާ ފަން އައިލެންޑަށް ގެންދާ ލޯންޗު އައެވެ. އެ މީހުން ފަން އައިލެންޑަށް ގެންދިޔައީ އެކަމަށް ހާއްސަކުރެވިފައިވާ އެމްއެންޑީއެފްގެ ލޯންޗެއްގައެވެ.

ލިބިގެން ދިޔަ ހިދުމަތާ ދޭތެރޭ ހިތްހަމަޖެހިގެން ހުރެ އޭނާ ބުނީ، މިހާ ރޭވުންތެރިކޮށް ކަންކަމް އިންތިޒާމްކުރެވިފައިވާ ކަމަކަށް ހީވެސް ނުކުރާ ކަމަށެވެ. އަދި ފާލަން މަތީގައި ތިބެގެން ޓާޓާ ކިޔަމުން، އަމާން ދަތުރަކަށް އެޗްޕީއޭގެ ސްޓާފުން އެދުމުން، ހިތަށް ހިތްހަމަޖެހުމެއް ވެރިވީ ކަމަށް ބުންޏެވެ.

ރާއްޖެއިން ފެނިގެން ދިޔަ އިންތިޒާމުތަކާ ދޭތެރޭ ހައިރާންވީ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. އޭނާ ޗުއްޓީ ހޭދަކޮށްފައި އައި އިނގިރޭސިވިލާތުގައި ހޭލަމޭލައަށް ބިރުވެރިކަމެއްގެ ތެރޭގައި އުޅުނު މަންޒަރާއި، ހުސްވެފައި ހުރި ފިހާރައިގެ ރެކްތައް ފެނުނުއިރު، ރާއްޖެއިން ފެނުނު އަމާން ރޭވުންތެރި މަންޒަރާއި ގުޅިގެންނެވެ.

ފަން އައިލެންޑަށް ދިއުމާއެކު ލިބުނީ ހިތްހަމަޖެހުމެއް

ފަން އައިލެންޑަށް ލޯންޗު ލެފުމާއެކު، އެމްއެންޑީއެފްގެ ބޭފުޅަކާ ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅަކު ވަނީ އާއިލާއަށް އިސްތިގުބާލުކޮށް، ލިބޭނެ ހިދުމަތްތައް ކިޔައިދެއްވާފައެވެ. އަދި މެންދުރުގެ ކެއުމަށް ބޭނުންވާ އެއްޗެއް އޮޅުންފިލުވައި، އަދި ނުކައިތިބި ކަމަށް ބުނުމުން ސޭންޑްވިޗާ ފްރައިސް ގެނެސްދިނެވެ. އަދި މާލެއިން އެއްވެސް އެއްޗެއް ގެންނަން ބޭނުންވެއްޖެ ހާލަތެއްގައި، ދަރުބާރުގެއަށް ފޮނުވައިދިނުމުގެ ލިބޭން ކަމަށް މައުލޫމާތު ދިނެވެ.

ފަން އައިލެންޑް ކަރަންޓީނުގައި އެ އާއިލާއިން ތިބި އެކޮމޮޑޭޝަން

ރިސޯޓަށް ފޭބިތާ 15 މިނިޓުގެ ތެރޭގައި ރޫމަށް ޗެކިންވެ، ފޮށިތައް ރޫމާ ހަމައަށް ގެނެސްދިނެވެ. އަދި އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް އުޅޭތޯ އާއި އެލަރޖީއެއް ހުރިތޯ އޮޅުންފިލުވައި، ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ގުޅާނެ ފަރާތެއްގެ ނަމްބަރު ހޯދިއެވެ.

ފަން އައިލެންޑް ކަރަންޓީނުގައި އެ އާއިލާއިން ތިބި އެކޮމޮޑޭޝަން

ރޫމްތަކުގެ ފެންވަރާމެދު އެއްވެސް ޝަކުވާއެއް ނެތެވެ. ގަރޑެން ރޫމެއްގައި ތިބިއިރު، ކޮޓަރިއަށް ވުރެ ފަސް ފޫޓު ދުރަށް ނުދާން ނަސޭހަތްތެރިވިއެވެ. ހުރި ރޫމުގައި ފަތުރުވެރިއަކަށް ލިބެން ހުރި ހުރިހާ އެމެނިޓީސްއެއް ހުރި ކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ.

ކެއިން ބުއިމުގެ ކަންތައްތައް ރޭވިފައި ހުރިގޮތަށް އޭނާ ތައުރީފުކުރިއެވެ. ކާން ބޭނުންވާ އެއްޗެއް އޮޅުންފިލުވައި، ދެ ބާވަތެއްގެ ކެއުމެއް ލިބޭނެ އިންތިޒާމް މެންދުރު ކެއުމަށާ، ރޭގަނޑުގެ ކެއުމަށް ލިބޭނެ އިންތިޒާމްތައް ހުރީ ހަމަޖެހިފައެވެ.

އިންތިޒާމްތަކަށް ހުއްޓުމެއްނެތް ތައުރީފް

މި އިންތިޒާމްތަކާ ދޭތެރޭ މީހުންކުރާ ޝަކުވާތަކެއް ފަހުމުނުވިކަމަށް އޭނާ ބުންޏެވެ. އަދި މުޅި ދުނިޔެ ކާރިސާގެ ހާލަތުގައި އޮތް އިރު، ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުގައި ލިބޭ ހިދުމަތް ދުނިޔޭގެ އެހެން ތަނެއްގައި ލިބޭނެކަމަށް ގަބޫލެއްނުކުރެވޭ ކަމަށް ވެސް ބުންޏެވެ.

ތަރައްގީވެފައިވާ ފުރަތަމަ ދުނިޔޭގެ ގައުމުތަކުގެ ކަރަންޓީނު ފެސިލިޓީތަކުން ވެސް މި ފެންވަރުގެ ހިދުމަތެއް ލިބޭނެކަމަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. ސަރުކާރާއި ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުންގެންދާ މަސައްކަތަށް ތައުރީފު ހައްގު ކަމަށާއި، އެކަމަށް ޝުކުރުއަދާ ކުރަން ޖެހޭ ކަމަށް ބުންޏެވެ.

އޭނާގެ ނަޒަރުގައި، ފުރާނަ އަތްމައްޗަށް ލައިގެން ރެއާ ދުވާލު މިކަމުން މި ރާއްޖެ ސަލާމަތްކުރަން މަސައްކަތްކުރާ ފަރާތްތަކަށް ފައްފަށުން ޝުކުރު ހައްގެވެ. އަދި ދަސްކުރާންވީ ލިބޭ މިންވަރަށް ޝުކުރުކޮށް، މިކަމުން ރާއްޖެ ސަލާމަތްކުރަން މަސައްކަތްކުރާ ފަރާތްތަކަށް ލުޔެއް ދެވޭތޯ ކަމަށް އޭނާ ބުންޏެވެ. އަދި މި ވަބާއިން ސަލާމަތްވުމަށް، އެންމެންގެ ވެސް ފަރުދީ ޒިންމާ މުހިއްމު ކަމަށް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
1%
96%
0%
1%
0%
1%
ކޮމެންޓް
23 މާރޗް 2020 | ހޯމަ 00:41
ސިޔާދު
ފެމިލީ އެއްކޮއް ކަރަންޓީން ކުރެވިދާނެތަ؟ ހޮލިޑޭ ހަދަން
22 މާރޗް 2020 | އާދީއްތަ 12:22
ޙަމީދު
CukuriwqyA wonarabalq QAsimq އިބްރާހީމް