ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - އެސްޓީއޯ

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި

  • ޕެޓްރޯލް ލިޓަރަކުން ވަނީ 1 ރުފިޔާ 53 ލާރި އަގުހެޔޮކޮށްފަ
  • ޑީސަލް ލިޓަރުން 1 ރުފިޔާ 68 ލިޓަރު ވަނީ އަގުހެޔޮކޮށްފަ
  • މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 8 ރުފިޔާ 7 ލާރިއަށް އަދި ޑީސަލް ލިޓަރެއް ވިއްކާނީ 8 ރުފިޔާ 71 ލާރިއަށް

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 21 މާރޗް 2020 | ހޮނިހިރު 07:43 4,222

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ މައި ޝެޑް - މުހައްމަދު ޝަރުހާން

އެސްޓީއޯއިން ވިއްކާ ޕެޓްރޯލް އަދި ޑީސަލުގެ އަގު މި މަހު ދެވަނަ ފަހަރަށް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވަނީ މިދިޔަ ހަފްތާގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައެވެ.

އެސްޓީއޯއިން އެކުންފުނިން ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލާއެކު ހޮނިހިރު ދުވަހުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 8 ރުފިޔާ 7 ލާރިއަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 8 ރުފިޔާ 71 ލާރިއަށެވެ.

ގެނައި ބަދަލަށް ބަލާއިރު ޕެޓްރޯލް ލިޓަރަކުން ވަނީ 1 ރުފިޔާ 53 ލާރި ހެޔޮކޮށްފައެވެ. އަދި ޑީސަލް ލިޓަރުން 1 ރުފިޔާ 68 ލިޓަރު ވަނީ ހެޔޮވެފައެވެ.

މީގެ ހަފްތާއެއް ކުރިން އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލްގެ އަގުން ލީޓަރަކުން 53 ލާރި ހެޔޮކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ވިދިވިދިގެން ހެޔޮކުރި ފަސް ވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް