ކ. މާލެ
|
29 މާރޗް 2017 | ބުދަ 04:10
"ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި
"ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި
ގޫގުލް
"ގޯލްޑް ކޮއިން"
ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި
 
މި ކޮއިންގައި އިނގިރޭސި ވިލާތުގެ ރާނީ ދެވަނައިގެ ތަތްގަނޑު ޖަހާފައިވޭ

ޖަޔަންޓް ގޯލްޑް ކޮއިންގެ ނަމުން މަޝްހޫރުވެފައިވާ އަދި 4 މިލިއަން ޑޮލަރުގެ އަގުހުރި ފައިސާ ފޮއްޗެއް ވަގަށް ނަގައިފި އެވެ.

 

މިކޮއިން ވަގަށް ނަގާފައިވަނީ ބާލިން މިއުޒިއަމް ހެއިސްޓްއިންނެ އެވެ. 100 ކިލޯގްރާމް (220 ޕައުންޑް) ހުރި މިކޮއިން ވަގަށް ނަގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

 

މި މިއުޒިއަމްގެ ސެކިއުރިޓީ ގާރޑުން ވަނީ ފުލުހުންގެ ސަމާލުކަމަށް ހޯމަ ދުވަހުގެ ހެނދުނު މިކަން ގެނެސްފައެވެ. މި ކޮއިންގައި އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެވަނައިގެ ތައްގަނޑު ޖަހާފައިވެއެވެ. އެހެންކަމުން މި ކޮއިންއަށް ދީފައިވާ ޙާއްސަ ނަމަކީ "ބިގް މެޕްލް ލީފް" އެވެ.

 

މިއުޒިއަމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެސަރަހައްދު ކައިރިން ނިޝާންތަކެއް ހުރި ހަރުގަނޑެއް ފެނިފައިވާ ކަމަށެވެ.

 

މި ކޮއިންގެ ބޮޑު މިނަށް ބަލާއިރު ކާރެއްގެ ފުރޮޅަކަށްވުރެ ބޮޑުވާނެ އެވެ.

 

މިގޮތަށް ފަރުމާކޮށްފައިވާ އިތުރު ފަސް ކޮއިން 2010 ވަނަ އަހަރުން ފެށިގެން މިއުޒިއަމްގައި ދައްކާލަން ބަހައްޓާފައިވަނީ އަމިއްލަ ފަރާތަކުން ލޯން އެއްބަސްވުމެއްގެ ދަށުންނެއެވެ.

 

އަދި ވަގަށް ނަގާފައިވަނީ 2007 ވަނަ އަހަރު ރޯޔަލް ކެނޭޑިއަން މިންޓް އިން ހަދިޔާކޮށްފައިވާ އެންމެ ބޮޑު ކޮއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް