ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ބޮލީވުޑް

ކޯވިޑް-19 އާ ގުޅިގެން ރަންވީރުގެ "83" ވެސް ފަސްކޮށްފި

  • މި ފިލްމްގައި ރަންވީރު ފެނިގެންދާނީ އިންޑިއާ ކްރިކެޓް ޓީމުގެ އޭރުގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލުން
  • ފިލްމް ކުރިން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހު

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 20 މާރޗް 2020 | ހުކުރު 16:51 1,585

ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން - ޓްވިޓަރ

ކޯވިޑް-19 އާ ގުޅުގެން އެކްޓަރ ރަންވީރު ސިންގްގެ އަންނަން އޮތް ފިލްމް "83" ރިލީޒް ކުރާ ދުވަސް ފަސްކޮށްފިއެވެ.

މި ފިލްމް ކުރިން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހު އެވެ.

މި ފިލްމް އުފައްދާ ފަރާތްތަކުން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޯވިޑް-19 އާ ގުޅިގެން މި ހާލަތުން އަރައިގަނެވެންދެން އެންމެންގެ ރައްކަލަކަށްޓަކައި ފިލްމް ރިލީޒް ކުރާދުވަސް ފަސްކޮށްފައިވާ ކަމަށެވެ. އަދި ފިލްމް ރިލީޒް ކުރާ ދުވަސް ފަހުން އިއުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކަބީރް ޚާން ޑައިރެކްޓް ކުރާ މި ފިލްމްގައި ފެނިގެންދާނީ 1983 ވަނަ އަހަރު އިންޑިއާގެ ކްރިކެޓް ޓީމުން ކްރިކެޓް ވޯލްޑްކަޕް ކާމިޔާބު ކުރުމަށް ކުރި މަސައްކަތެވެ.

މި ފިލްމްގައި ރަންވީރު ފެނިގެންދާނީ އިންޑިއާ ކްރިކެޓް ޓީމުގެ އޭރުގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލުންނެވެ.

މި ފިލްމްގައި ސަޕޯޓިން ރޯލަކުން ރަންވީރުގެ އަންހެނުން އަދި ބޮލީވުޑްގެ ކާމިޔާބު ތަރި ދިޕިކާ ޕަދުކޯން ފެނިގެންދާނެއެވެ.

ދިޕިކާ މި ފިލްމްގައި އަދާ ކުރަނީ ކަޕިލްގެ އަންހެނުން ރޯމީ ދޭވް ގެ ރޯލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް