ހުކުރު 03 ޖުލައި 2020
03 ފުނޯސް
1441 ޒުލްގައިދާ 12
ފަތިސް 04:40
އިރުއަރާ 05:58
މެންދުރު 12:14
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ކޮވިޑް-19

މިއަދުގެ ހުކުރު ޚުތުބާގެ އިލްތިމާސް- ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބާ ކިޔަމަންވޭ

  • ސާފުތާހިރުކަމަށް އިހުމާލު ނުވުމަށް ގޮވާލާފައިވޭ
  • ރައްޔިތުން ކަންބޮޑުވާފަދަ ވާހަކަތައް ނުދެއްކުމަށް ގޮވާލާފައިވޭ
  • ތަންތަނަށް އެއްވެ ނޫޅުމަށް އެދިފައިވޭ

ކ. މާލެ | 20 މާރޗް 2020 | ހުކުރު 14:49 | 3,796

ހުކުރު ޚުތުބާ - އިސްލާމިކް މިނިސްޓްރީ

ތަފާތު އެކި ބަލިމަޑު ކަމުން ސަލާމަތް ވުމަށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.

"ސާފުތާހިރުކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ސިއްހީ ކަންތައްތަކާއި ސާފުތާހިރުކަމަށް އިހުމާލު ވެވޭނަމަ ތަފާތު ބަލިތައް ފެތުރިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ސިއްޙީ އެކި މައްސަލަތައް ފެންމަތިވާނެ ކަމަށެވެ. އަދި އެކަންކަމުން ސަލާމަތްވުމަށް ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ނުރައްކާތެރި ވައިރަހެއް ފެތުރިގެންދާ މި ދަނޑިވަޅުގައި ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތައް ބަލައިގަނެ، އެއަށް ޢަމަލު ކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުން ކަންބޮޑުވާފަދަ ވާހަކަތައް ނުދެއްކުމާއި، ސާބިތު ނުހިފޭ ދޮގު ޚަބަރުތައް ނުފެތުރުމާއި، ތަންތަނަށް އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުންގެންދާއިރު، އެއަށް ބޯލެނބުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ބާރު އަޅުއްވާފައިވަނީ ހަމައެކަނި އަޅުކަންތަކުގައި އެކަނި ނޫންކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އިންސާނުންގެ ހަށިގަނޑާއި ފޭރާމުގެ އިތުރުން، އާންމު ދިރިއުޅުމުގައިވެސް ސާފުތާހިރުކަމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ވައިރަސްއެއް ކަމަށްވާ ކޮވިޑް-19 ގެ އަސަރު ދެލައްކައަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، 10،000 އަށްވުރެ ގިނަ މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.