ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ދިރާގު

ކޮވިޑް-19: ދިރާގުގެ ކަސްޓަމަރ ސަރވިސް ސެންޓަރުތައް ބަންދުކޮށްފި

  • ސަރވިސް ސެންޓަރުތައް ބަންދުކޮށްފައިވަނީ މި މަހުގެ 26 ގެ ނިޔަލަށް

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 20 މާރޗް 2020 | ހުކުރު 10:50 2,250

ދިރާގުގެ އިވެންޓެއްގެ ތެރެއިން - ދިރާގު

ދިރާގުގެ ކަސްޓަމަރ ސަރވިސް ސެންޓަރުތައް މި މަހުގެ 26 ގެ ނިޔަލަށް ބަންދުކޮށްފިއެވެ.

ދިރާގުން ބުނީ ކަސްޓަމަރ ސަރވިސް ސެންޓަރުތައް ބަންދުކުރުމަށް ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުގެ ދަށުން ކަމަށާއި މި މުއްދަތުގެ ތެރޭގައި ދިރާގުގެ ޚިދުމަތްތައް ދިރާގު މޯބައިލް އެޕާއި ވެބްސައިޓުގައިވާ ދިރާގުގެ މައި އެކައުންޓް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ދިރާގަށް ގުޅައިގެން މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުގެ ވެބްސައިޓުގައިވާ ލައިވް ޗެޓް، އާއި މެސެޖިންގ، ވައިބަރ ހެލްޕް އަދި ފޭސްބުކް މެސެންޖަރ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކޮށްގެން މުޢާމަލާތް ކުރެވޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތުދެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ވެސް ވަނީ ނިންމާފައެވެ.

އެގޮތުން ދިރާގުން ބުނީ ބިޒްނަސް ޕިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހު ފީ އިން %25 ޑިސްކައުންޓެއް މާރޗް އަދި އޭޕްރިލް މަހަށް ދޭން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން ވެސް %25 ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަތައް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރޗް އަދި އޭޕްރީލް މަހުގައި %30 ހިލޭ އިތުރު އެލަވަންސެއް ދިނުމަށް ނިންމާފައިވެއެވެ.

ދިރާގުން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް މެދުވެރިކޮށްދިނުމަށް ކަމަށެވެ. ދިރާގުގެ އިތުރުން މުއާސަލާތީ ޚިދުމަތް ދޭ އެހެނިހެން ކުންފުނިތަކުން ވެސް ދަނީ އެކުންފުނިތަކުގެ ޚިދުމަތްތައް އޮންލައިންކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް