ކ. މާލެ
|
20 މާރޗް 2020 | ހުކުރު 08:19
އެމްޓީސީސީގެ ޔަންމާ އިންޖީން
އެމްޓީސީސީގެ ޔަންމާ އިންޖީން
ކޮވިޑް-19
ކޮވިޑް-19: ޔަންމާ އަދި ސުޒުކީ އިންޖީނުތަކަށް ފައިސާ ދައްކާނެ ލުއި ގޮތްތަކެއް
 
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުވެ ނުދިޔުމަށް ސަރުކާރުން ދަނީ އެހީތެރިވަމުން
 
ޕޭމެންޓް ޝެެޑިއުލް ކަސްޓަމަރުންނާ ހިއްސާ ކުރެވޭނެ: އެމްޓީސީސީ
 
ތިން މަސް ދުވަހުގެ މުއްދަތަށް ވަނީ ފަސްކޮށްދީފައި

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތައް ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީން އިންސްޓޯލްމެންޓަށް ނަގާފައިވާ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތަކަށް ފައިސާ ދެއްކޭނެ ޕްލޭނެއް އެކުލަވާލައިފިއެވެ.

ބުރާސްފަތި ދުވަހު އެމްޓީސީސީން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެ ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނު ދިގު މުއްދަތަށް ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ނަގާފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ މާރޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް ފަސްކޮށްދެވިފައިވާ ކަމަށެވެ.

އަދި އެ މުއްދަތައް ކަނޑައެޅިފައިވާ ފައިނޭންސް ކޯސްޓްވެސް މާފްކޮށް ދޭން ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އެ ކުންފުނިން ބުނީ، ބަދަލާއިއެކު އިސްލާހުކުރެވިފައިވާ ޕޭމަންޓް ޝެޑިއުލް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާ ކުރެވޭނެ ކަމަށެވެ.

ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އަމިއްލަ ފަރުދުންނަށާއި ވިޔަފާރިވެރިންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހަށް އިންޓްރެސްޓް ޕޭމަންޓާއި ޕްރިންސިޕަލް ޕޭމަންޓް ދިނުމުގައި ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ސަރުކާރުން ވަނީ ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް