ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 18:20
ސަލްމާން ޚާން އާއި ޝްރައްދާ ކަޕޫރު
ސަލްމާން ޚާން އާއި ޝްރައްދާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސަލްމާން ގެ ހުށަހެޅުން ޝްރައްދާ ދޫކޮށްލީ ކީއްވެ؟
 
ޝްރައްދާ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވަނީ އޭނާގެ އުމުރުން 23 އަހަރުގައި
 
އެފުރުސަރު ދޫކޮށްލީ ކިޔެވުމަށް ސަމާލުކަން ދިނުމުގެ ގޮތުން

ބޮލީވުޑްގެ ތަރި ސަލްމާން ޚާން އާއި އެކު ޝްރައްދާ ކަޕޫރަށް ފިލްމެއް ކުޅެން ލިބުނު ފުރުސަތު އޭނާ ވަނީ ދޫކޮށްލާފައެވެ.

ޝްރައްދާ ބުނެފައިވަނީ އުމުރުން އެންމެ 16 އަހަރުގައި ސަލްމާނާއެކު ފިލްމެއް ކުޅެން ލިބުނު ފުރުސަތު އޭނާ ދޫކޮށްލާފައިވަނީ ކިޔެވުމަށް ސަމާލުކަން ދޭންވެގެން ކަމަށެވެ. ފިލްމީ ފަންނާނަކަށް ވުމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމަށާއި، ނަމަވެސް އެފުރުސަރު ދޫކޮށްލީ ކިޔެވުމަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމަށެވެ.

އުމުރުން 15 ނުވަތަ 16 އަހަރަކީ އަދި ކެރިއަރ ބިލްޑް ކުރަން މާ ޅައުމުރެއް ކަމަށް ވިސްނުން ކަމަށާއި އޭނާ ބޭނުންވީ ސްކޫލް ނިންމުމަށް ފަހު ކޮލެޖަށް ދާން ކަމަށް ޝްރައްދާ ވަނީ ބުނެފައެވެ.

ޝްރައްދާ ބޮލީވުޑަށް ތަޢާރަފު ވެގެން ގޮސްފައިވަނީ އޭނާގެ އުމުރުން 23 އަހަރުގައި ފިލްމު "ޓީން ޕައްޓީ" އިންނެވެ. ޝްރައްދާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި މަހު ރިލީޒް ކުރި ފިލްމް "ބާޣީ3" އިންނެވެ. މި ފިލްމަކީ 2016 ވަނަ އަހަރު އޭނާ ކުޅެފައިވާ ކާމިޔާބު ފިލްމް "ބާޣީ" ގެ ފަރެންޗައިސް އެކެވެ. މި އަހަރުގެ ޖެނުއަރީ މަހު ވެސް ވަނީ ޝްރައްދާ ކުޅެފައިވާ ފިލްމު "ސްޓްރީޓް ޑާންސަރ3ޑީ" ރިލީޒް ކޮށްފައެވެ.

މިދިޔަ އަހަރުވެސް ވަނީ ޝްރައްދާގެ ކާމިޔާބު ފިލްމުތަކެއް ރިލީޒް ކޮށްފައެވެ. މިދިޔަ އަހަރު ޝްރައްދާ ކުޅެފައިވާ ފިލްމު ތަކުގެ ތެރެއިން ދެ ފިލްމެއް ވަނީ 100 ކްރޯޑް ކްލަބުން ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
13%
7%
0%
40%
13%
27%
ކޮމެންޓް