ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 14:29
މަރުވާ މީހުންގެ ހަށިތައް އުފުލުމަށް އިޓަލީގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރި ވަނީ
މަރުވާ މީހުންގެ ހަށިތައް އުފުލުމަށް އިޓަލީގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރި ވަނީ
ސްކައި ނިއުސް
ކޮވިޑް-19
މަރުވާ މީހުންގެ ހަށިތައް އުފުލުމަށް އިޓަލީގެ އަސްކަރިއްޔާ ނުކުމެއްޖެ
 
އިޓަލީ އަކީ ޔޫރަޕްގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމު
 
ބާގަމޯ ސިޓީން މިހާތަނަށް 1245 މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައި

ކޮރޯނާ ވައިރަސް ޖެހިގެން އިޓަލީގައި މަރުވާ މީހުންގެ އަދަދު ގިނަވުމާއެކު، ސަންދޯއްތައް އުފުލުމަށް އިޓަލީގެ އަސްކަރިއްޔާ ނުކުމެއްޖެއެވެ.

އަންސާ ނިއުސް އެޖޭންސީ ބުނާ ގޮތުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާ އިޓަލީގައި އެންމެ ބޮޑުވެފައި އެއް ސިޓީ ކަމުގައިވާ ބާގަމޯ އިން ކޮވިޑް-19 ވައިރަސް ޖެހިގެން މަރުވާ މީހުން އެހެން ސިޓީތަކަށް ގެންދިއުމަށް އަސްކަރީ އުޅަނދުތައް ބޭނުން ކުރަމުންދާ ކަމަށެވެ.

ބާގަމޯ އިން އެހެން ސަރަހައްދުތަކަށް މަރުވާ މީހުންގެ ހަށިތައް ގެންދަނީ، މަރުވާ މީހުންގެ ހަށިތައް އެންދުމަށް ބާގަމޯގައި ބޭނުން ކުރާ މެޝިންގެ ކެޕޭސިޓީއަށް ވުރެ ގިނައިން މީހުން މަރުވަމުންދާތީ އެވެ. ބާގަމޯ އިން މަރުވާ މީހުންގެ ހަށިތައް އެހެން ސިޓީތަކުގައި އެންދުމަށްފަހު އަޅިތައް އަނބުރާ އެ ސިޓީއަށް ގެންނަ ގޮތައް ހަމަ ޖެހިފައިވާ ކަމަށް ބާގަމޯގެ މޭޔަރ ވަނީ ވިދާޅުވެފައެވެ.

އަނެއް ކޮޅުން، އިޓަލީގެ މުއްސަނދި ސަރަހައްދެއް ކަމަށް ވާ ލޮމްބާޑީގައި ވެސް ވައިރަސް ޖެހިގެން މަރުވާ މީހުން ކޮންމެ ދުވަހަކު ދަނީ އިތުރުވަމުންނެވެ. ލޮމްބާޑީން މިހާތަނަށް މި ބަލީގައި 93 މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

މިދިޔަ ބުދަ ދުހަކީ ކޮވިޑް-19 ވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދަކަށް އިޓަލީގައި މީހުން މަރުވި ދުވަހެވެ.

ބާގަމޯގެ މޭޔަރ ޖޯޖިއޯ ގޯރީ ވިދާޅުވީ، ބަލީގައި މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާ އަދަދަށް ވުރެ ބަލިޖެހިގެން މަރުވި އަދަދު މަތި ވާނެއެވެ. އެއީ ބައްޔަށް ޓެސްޓް ކުރުމުގެ ކުރިން ބަލި ޖެހިގެން އެތައް ބަޔަކު މަރުވެފައިވާނޭ ކަމަށް ބެލޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާގަމޯ އިން މިހާތަނަށް 1245 މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައި ވާއިރު، އެ ސިޓީގެ މައި ދެ ހޮސްޕިޓަލުގެ މޯޗުއަރީ އާއި ގަބުރުސްތާނުގައި ހަށިތައް ބަހައްޓާތަން ވަނީ ފުރިފައެވެ.

މަރުވާ މީހުންނަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ގަބުރުސްތާނަށް ވަދެވެނީވެސް ވަކި އަދަދެއްގެ ބަޔަކަށެވެ. އަދި އެ ގޮތައް ވައްދާ މީހުންވެސް ތިބެން ޖެހެނީ އެކަކު އަނެކާ އެކަށީގެންވާ ދުރުމިނެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
6%
1%
86%
3%
0%
3%
ކޮމެންޓް
21 މާރޗް 2020 | ހޮނިހިރު 01:25
މ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް އޮތް ފުރަތަމަ ފިޔަވަޅަކީ ސަރުކާރުގެ އެންގުންތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ފަހު ﷲގެ ޙަޒްރަތުގައި ދުޢާ ދެންނެވުން.
19 މާރޗް 2020 | ބުރާސްފަތި 19:50
ޏަމްޏަމް
މޯޗަރީ