ކ. މާލެ
|
18 މާރޗް 2020 | ބުދަ 21:03
ޑރ. ގޯ ގެ ޓްވިޓަރ އެކައުންޓުގެ ސްކްރީން އިމޭޖެއް
ޑރ. ގޯ ގެ ޓްވިޓަރ އެކައުންޓުގެ ސްކްރީން އިމޭޖެއް
އޮކްސްފޯޑްމެއިލް.ކޯ.ޔޫކޭ
ކޮވިޑް-19
ކޮވިޑް-19 ޖެހުނު ޑޮކްޓަރެއްގެ އަމިއްލަ ތަޖްރިބާ
 
އަމިއްލަ އަށް 7 ދުވަސް ވަންދެން އެކަހެރިވެ ހުރުމަށް ފަހު މިހާރު ޑރ. ގޯ ވަނީ ޚިދުމަތައް ނުކުތުމަށް ތައްޔާރު ވެފައި
 
ޑރ. ގޯ ވަނީ ބަލީގެ ފުރަތަމަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހާ ހަމައަށް ކުރެވުނު ހުރިހާ ތަޖްރިބާ އެއް އާއްމު ކޮށްފައި
 
ޑރ. އަކީ އިނގިރޭސިވިލާތުގެ އެން.އެޗް.އެސް ގައި މަސައްކަތް ކުރާ ޑޮކްޓަރެއް

މިއީ ނޮވެލް ކޮރޯނޯވައިރަސް (ކޮވިޑް-19) ޖެހުނު އިނގިރޭސި ވިލާތުގެ ނޭޝަލް ހެލްތް ސާވިސް (އެން.އެޗް.އެސް) ގައި މަސައްކަތް ކުރާ، މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ކްރިސް ގޯ އޭނާ އަށް ކުރެވުނު މި ބަލީގެ ތަޖްރިބާތައް ހިއްސާ ކުރުމުގެ ގޮތުގައި އޭނާގެ ޓްވިޓަރ އެކައުންޓުގައި ލިޔެފައިވާ ވާހަކަތަކެވެ. ޑރ.ގޯ ބުނެފައިވަނީ އޭނާ ހާމަކޮށްފައިވާ މައުލޫމާތަކީ ޑޮކްޓެއްގެ ނަޒަރުން ހާމަކޮށްފައިވާ މައުލޫމާތެއް ނޫނެވެ. އެއީ ބަލިމީހެއްގެ ގޮތުން ހާމަކުރާ މައުލޫމާތެވެ. ޑރ. ގޯ ބުނެފައިވަނީ ބަލީގެ ތަޖްރިބާ ހާމަކުރުމުގެ ބޭނުމަކީ އެހެން މީހުންނަށް އެ މައުލޫމާތުން ފައިދާއެއް ކޮށްފާނެ ކަމަށް އުއްމީދު ކުރެވޭތީ ކަމުގައެވެ. ތިރީގައި މިވަނީ، ޑރ. ގޯ ގެ ތަޖްރިބާތައް އޭނާ ސިފަކޮށްފައިވާ ގޮތުގެ ޚުލާސާ ތަރުޖަމާއެވެ.

ފުރަތަމަ ދުވަސް

މިއީ ހުން އައުމާއި ވަރުބަލިކަމުގެ ދުވަހެވެ.

ހީކެރުވުމާއި، ދާހިއްލުމުގެ ދުވަހެވެ.

އިންތިހާ އަށް ވަރުބަލި ވުމާއެކު، ހުން އެކި ވަރަށް ތަޖުރިބާ ކުރެވުނެވެ. ހުން 38.5 (ޑިގްރީ ސެލްސިއަސް) އަށް ވުރެ މައްޗަށް ދިޔައެވެ. މުޅިން ކާހިތް ކެނޑުނެވެ. ސިޑިން މައްޗަށް އެރުނީ އެންމެ ހަރުފަތަކުންނެވެ. އެއަށް ވުރެ މައްޗަށް ނޭރި ހުއްޓުނީއެވެ.

ކެއްސުން އައީ އެ ދުވަހުގެ މެންދުރު ފަސްވީ ފަހުންނެވެ. ކެއްސުން ހުރީ މާ ގޯސްކޮށްނެއް ނޫނެވެ. ފުއްޕާ މެއަށްވެސް އުނދަގޫތަކެއް ވިއެވެ.

ދެވަނަ ދުވަސް

ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ކޮޅަކަށް ނުހުރެވެއެވެ.

ހީކެރުވުމާއި ދާހިއްލުމަކަށް ހުއްޓުމެއް ނާދެއެވެ. އެކަމު ފުރަތަމަ ދުވަސްހާ ގޯހެއް ނޫނެވެ. ފުރަތަމަ ދުވަހަށްވުރެ ކެއްސުން އިތުރުވިއެވެ. އެކަމަކު ކެއްސުން ހުރީ އެހާ ބޮޑު އުނދަގުލަކަށް ވާ ގޮތަކަށް ނޫނެވެ.

ދޭތެރެ ދޭތެރެއިން ބޮލުގައި ރިއްސައެވެ. މުޅި ހަށިގަނޑުގައި ރިއްސައެވެ. ހަށިގަނޑުގައި ވަރެއް ނުހުރެއެވެ. އެއް ގޮތަކަށްވެސް އެއްޗެއް ކާހިތެއް ނުވެއެވެ.

ހަވީރުވި އިރު ކުޑަކޮށް ލުއިވިހެން ހީވިއެވެ.

ތިންވަނަ ދުވަސް

އުނދަގޫތައް މާ ބޮޑުވިއެވެ. ބޮލުގައި ރިހުމާއި، ވަރުބަލިކަން އިތުރަށް ބޮޑުވިއެވެ. ކެއްސުން ތަންކޮޅެއް ކުޑަވިއެވެ. ކާހިތް ނުވުމުގެ މައްސަލަ ތަންކޮޅެއް ރަނގަޅުވިއެވެ. އެކަމަކު އާއްމު ހާލަތުގައި ހުންނަވަރާ ގާތައްވެސް ކާހިތެއް ނުވެއެވެ.

އިރުއިރުކޮޅުން ނިދިފައި ހޭލެވެއެވެ. މައިގަނޑު ގޮތެއްގައި ދުވަސް ހޭދަވީ އޮށޯވެ އޮވެގެންނެވެ.

ހަތަރުވަނަ ދުވަސް

ވަރުބަލި ވުމާއި ކާހިތް ނުވުން އިތުރަށް ބޮޑުވިއެވެ. ކެއްސުން ވަރަށް ބޮޑަށް ކުޑަވިއެވެ. ބޮލުގައި ރިހުން ހުއްޓެވެ. އެކަމަކު ބޮލުގައި ރިހުން ކުޑަވާކަން ފާހަގަ ވިއެވެ.

މުޅި ހަށިގަނޑުގައި ރިހުން ހުއްޓެވެ. ކަމެއް ކުރާ ހިތެއް ނުވެއެވެ.

ފަސްވަނަ ދުވަސް

ވަރަށް ބޮޑަށް ވަރުބަލިކަން ހުއްޓެވެ. ބޮލުގައި ރިއްސުން ފިލައިފިއެވެ. ކާހިތްވުން ހުރީ ބަލި ނުވާއިރު ކާހިތްވުން ހުންނަ މިންވަރުގެ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ ދެބައި ހާ މިން ވަރުގައެވެ.

އަދިވެސް ވަނީ އޮށޯވެ އޮންނަ ހިތެވެ. އެނދުން ނޫނީ ސޯފާއިން ތެދުވާކަށް ބޭނުމެއް ނުވެއެވެ. ގޭން ބޭރަށް ނުކުންނަ ހިތެއްވެސް ނުވެއެވެ.

ހަވަނަ ދުވަސް

ކުޑަކޮށް ރަނގަޅުވެއްޖެ ކަމުގެ އިހުސާސްވިއެވެ. އެކަމަކު އެހެން އޮއްވާ ގަޑިއެއްހާ ހިރު ސޯފާ މަތީގައި ނިދުނެވެ. އެއިން އެނގެނީ އަދިވެސް ވަރުބަލިކަމާ ހަށިގަނޑުގައި ހަކަތަ ނެތުމެވެ.

ހަތްވަނަ ދުވަހުގެ ޓްވީޓްގައި ޑރ. ގޯ ބުނެފައިވަނީ، މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށާއި، އަމިއްލަ އަށް އެކަހެރިވެ ހުރުމުގެ މުއްދަތު ހަމަވުމާއެކު، ޚިދުމަތައް ނުކުތުން އެންމެ ރަނގަޅު ކަމަށް ރަސްމީކޮށް އޭނާއަށް އަންގާފައިވާ ކަމަށެވެ.

ޑރ. ގޯ އަކީ އިންޓެންސިވް ޚިދުމަތުގައި މަސައްކަތް ކުރާ ހޭނައްތާ ޑޮކްޓަރެކެވެ.

ޑރ. ގޯ ޓްވިޓަރގައި ހާމަ ކުރި މައުލޫމާތަށް އެތައް ލައްކަ ބައެއްގެ ސަމާލުކަން ލިބުނުކަން ފާހަގަ ކުރެވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ކޮވިޑް-19 ވައިރަސް ޖެހުމުން އެކި މީހުންގެ ކިބައިން އެކި ނިޝާންތައް ފެނުނު ކަމުގައި ވިޔަސް އާއްމު ގޮތެއްގައި ގަދައަށް ހުން އައުމާއި، ހުއްޓުމެއް ނެތި ކެއްސުން އެއީ މި ބަލީގެ އާއްމު ދެ ނިޝާން ކަމުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
8%
74%
12%
2%
2%
2%
ކޮމެންޓް
ގުޅުންހުރި
މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު އިތުރު ހެކި ނެތިގެން ދޫކޮށްލައިފި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް