ކ. މާލެ
|
18 މާރޗް 2020 | ބުދަ 15:07
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވިޔަފާރި ބަނދަރު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވިޔަފާރި ބަނދަރު
ޔޫސުފް ސޮފްވާން ރަޝީދު
އެމްޕީއެލް
އެމްޕީއެލްގެ ބޯޑާއި ސީނިއަރ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި
 
ކުންފުނީގެ ހިންގުމަށް ބުރޫނާރާނެހެން ހިންގުމުގެ ހަރަދުތައް ކުޑަކުރާނަން: އެމްޕީއެލް
 
ޖޫނިއަރ މުވައްޒަފުންނަށާއި ލައިން ސްޓާފުންނަށް މިކަމުގެ އަސަރެއް ނުކުރާނެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުންނާއި، ސީނިއަރ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ނިންމައިފިއެވެ.

އެމްޕީއެލްގެ މި ނިންމުމަކީ މިހާރު އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށް ފަހު، އެމްޕީއެލް މަސައްކަތްތަކަށް ޢާންމު ޙާލަތަށް ރުޖޫޢަވަންދެން ދެމި އޮންނާނެ ނިންމުމެކެވެ. ބޯޑު މެންބަރުންނާއި ސީނިއަރ މުވައްޒަފުންގެ މުސާރައިން ކުޑަކުރަނީ 20 އިންސައްތައެވެ.

އެމްޕީއެލްގެ މި ނިންމުމުގެ ސަބަބުން ލައިން ސްޓާފުންނާއި ޖޫނިއަރ އެއްވެސް މުވައްޒެއްގެ މުސާރައަކަށް އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.

އޭގެ އިތުރުން، މި ޙާލަތާއި ގުޅިގެން ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އަދި ކުންފުނީގެ އޮޕަރޭޝަންތަކެއް ބުރޫނާރާނެ ގޮތަކަށް މި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް