ކ. މާލެ
|
18 މާރޗް 2020 | ބުދަ 15:00
އެމްއެމްއޭ
އެމްއެމްއޭ
ސަން އޮންލައިން
ކޮވިޑް-19
އެމްއެމްއޭއިން ޚިދުމަތް ދޭނެ ދުވަސްތަކާއި ގަޑިތައް އިއުލާންކޮށްފި
 
މި މުއްދަތުގައި 3 ދުވަހެއްގައި އެމްއެމްއޭގެ ޚިދުމަތްތަކާއި ބޭންކިންގގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި

ކޮވިޑް-19 ފެތުރޭތީ 19 މަރޗް އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމުމާއި ގުޅިގެން މި މުއްދަތުގައި އެމްއެމްއޭއިން ޚިދުމަތްދޭނެ ދުވަސްތަކާއި ގަޑިތައް އިޢުލާންކޮށްފިއެވެ.

މި މުއްދަތުގައި 3 ދުވަހެއްގައި އެމްއެމްއޭގެ ޚިދުމަތްތަކާއި ބޭންކިންގގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަސްތަކަކީ 19، 23 އަދި 26 ގައިކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ދުވަސްތަކުގައި މި އޮތޯރިޓީން އާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަކީ:

ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ހެނދުނު 09:30 އިން 11:30 އަށް.

ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް: ހެނދުނު 09:30 އިން 11:00 އަށް،

ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާއްމު ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތިބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް