ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ކޯވިޑް-19

ސެންޓު ހެދުން މެދުކަނޑާލުމަށްފަހު، ލުއީ ވުޠާން އިން ސެނިޓައިޒަރ އުފައްދަނީ

  • މި ތަކެތި ސިއްހީ އިދާރާތަކަށް ފޯރުކޮށްދޭނީ ހިލޭ
  • ހޯމަ ދުވަހުން ފެށިގެން ހުރިހާ ކާރުހާނާތަކެއްގައި އުފައްދާނީ ހޭންޑް ސެނިޓައިޒަރ
  • އެލްވީއެމްއެޗްއަކީ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކެއް ގެންގުޅޭ ކުންފުންޏެއް

އަމަން ހަލީމް
soupized

ކ. މާލެ 18 މާރޗް 2020 | ބުދަ 09:57 9,840

ލުއީ ވުޠާން ފިހާރައެއްގެ ބޭރު - އެލްވީއެމްއެޗް

ލަގްޒަރީ އުފެއްދުންތަކަށް މަޝްހޫރު ލުއީ ވުޠާން އިން ސެންޓު އުފެއްދުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، ހޭންޑް ސެނިޓައިޒަރ އުފައްދަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

ލުއީ ވުޠާން ބްރޭންޑުގެ އޯނަރުު އެލްވީއެމްއެޗް އިން ބުނީ، މިއީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ފަރަންސޭސްވިލާތުގައި އެންޓި-ވައިރަލް އުފެއްދުންތައް ލިބުން ދަތިވުމާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ސެނިޓައިޒަރ ކަމާއިބެހޭ އިދާރާތަކަށް ފޯރުކޮށްދޭނީ ހިލޭ ކަމުގައިވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެލްވީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ ސެންޓުތަކާއި ކޮސްމެޓިކްސް އުފައްދާ ހުރިހާ ޕްރޮޑަކްޝަން ލައިނެއް ހޯމަ ދުވަހުން ފެށިގެން ބޭނުކުރާނީ ހައިޑްރޯއަލްކޮހޯލިކް ޖެލް (ހޭންޑް ސެނިޓައިޒަރ) އުފެއްދުމަށް ކަމަށެވެ.

އެލްވީއެމްއެޗްގެ ކާރުޚާނަތަކުން ޢާންމު ގޮތެއްގައި އުފައްދަނީ ކްރިސްޓިއަން ޑިއޯ އަދި ޖިވާންޗީގެ އަގުބޮޑު ސެންޓާއި ކޮސްމެޓިކްސްއެވެ. އެލްވީއެމްއެޗްގެ ކުޑައިގެ ދަށުގައި ހިމެނޭ އެހެނިހެން މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ގަޑި ބްރޭންޑެއް ކަމުގައިވާ ޓެގް ހަޔަރ އާއި ގަހަނާ އާއި ސެންޓު ބްރޭންޑެއް ކަމުގައިވާ ބުލްގާރީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް